Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލޭ އަޅާ ކުދިންގެ އާޢިލާތަކުން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް ސެންޓަރުގެ ހާލަތު ބެއްލެވުމަށް ރައީސް އެމްބީއެސް އަށް

ލޭ އަޅާ ކުދިންގެ އާޢިލާތަކުން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް ސެންޓަރުގެ ހާލަތު ބެއްލެވުމަށް ރައީސް އެމްބީއެސް އަށް

އައިޝަތު އީމާން
528 ދުވަސް ކުރިން - 23 މާޗް 2025 13:22
މޯލްޑިވްސް ބްލަޑް ސަރވިސް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޒިޔާރަތް ކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ބްލަޑް ސަރވިސް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޒިޔާރަތް ކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތެލަސީމިއާ ބަލިމީހުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރޭގެ ވަޤުތެއްގައި އެތަނުގެ ކުރިމަތީގައި ވަނީ މުޒާހަރާ ކޮށްފައި. މިއަދު ރައީސް ވަނީ ކަންބޮޑުވުންތައް އޮޅުންފިލުވާފައި.

ތެލަސީމިއާ ބަލިމީހުންނާއި އާއިލާތަކުން ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތަކާމެދު ކަންބޮޑުވުން ފާޅުކުރުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި މިވަގުތު ހުރި މައްސަލަތަކުގެ މައުލޫމާތު އޮޅުންފިލުއްވައިފިއެވެ. 

ރައީސް މުއިއްޒު މި ޒިޔާރަތުގައި ސެންޓަރުގެ މުވައްޒަފުންނާއި މިވަގުތު ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި އަދި ސެންޓަރުގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ތަފްސީލީ މަޢުލޫމާތު ހޯއްދަވާފައި ވެއެވެ.

Advertisement

Advertisement 1

ލޭ އަޅާ ކުދިންގެ އާއިލާތަކާ ރައީސް ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް

ރައީސް އަރިހުގައި މި ޒިޔާރަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

ރައީސް ވިދާޅުވީ، ތެލަސީމިއާ ބަލިމީހުންނަށް ދިމާވެފައިވާ ދަތިތަކަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ. “މި މައްސަލަތައް ހައްލުކުރުމަށް އަޅުގަނޑުމެން އަވަސް ފިޔަވަޅުތަކެއް އަޅާނަން. ތެލަސީމިއާ ބަލިމީހުންނަށް އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ލިބޭކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު."

ތެލެސީމިއާ ބަލި ވާރުތަވާ މައްސަލަ ހައްލުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީއަށް މިސަރުކާރުން ވަނީ އެދިފައެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ''ތެލެސީމިއާ ސެންޓަރު'' ގެ ނަމުގައި ހާއްސަ މަރުކަޒެއް ހުޅުވީ 1994 ވަނަ އަހަރުއެވެ. ތެލަސީމިއާ ޕޭޝަންޓުންނަށް ދެވޭ އެންމެ މުހިއްމު ފަރުވާއަކީ ލޭ އެޅުމާއި ހަށިގަނޑަށް އެތެރެވާ ދަނގަޑުގެ ބައި ބޭރުކުރުމާއި އަދި އިތުރުވުމުން ދިމާވާ އެކި އެކި ކޮމްޕްލިކޭޝަންތައް ކުޑަކުރުމެވެ. މިއީ ތެލެސީމިއާ ބަލި ޖެހިފައިވާ ފަރާތްތަކަށް ދާއިމީކޮށް ކުރަން ޖެހޭ ފަރުވާއެވެ. މާލޭގައި ދިރިއުޅޭ ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާދެނީ ތެލެސީމިއާ ސެންޓަރުންނެވެ. އަތޮޅު ތެރޭގައި 108 ރަށުގައި ލޭ އެޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ތެލަސީމިއާ ކުދިން އެބަލިން ސަލާމަތްކުރުމަށް ސަރުކާރުން ދަނީ ހިލޭ ބޯންމެރޯ ހެދުމަށްވެސް އެކުދިންތައް ފޮނުވަމުންކަން ފާހަގަ ކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

5 ގަޑިއިރު ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

6 ގަޑިއިރު ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

7 ގަޑިއިރު ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

7 ގަޑިއިރު ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 16:10