ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ..
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު ސާންތީ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.
ސާންތީގެ މޫނު ދެއްކުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ޖަނާޒާ ނަމާދު ކުރުމަށްފަހު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.
މަރުޙޫމް ސާންތީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރިންނަށާއި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. މީގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ގިނަ ފަރާތްތަކުން ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެ، ސާންތީގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ.