"އާރތް އަވަރ" ހަރަކާތުގައި ބައިވެރިވުމަށް ސަރުކާރުން ގޮވާލައިފި

އާނާ ފަހީމް | 39 ދުވަސް ކުރިން - 22 މާރިޗް 2025 20:04
ސްކައުޓްސް އެސޯސޮއޭޝަނުން 2023 ވަނަ އަހަރު އާރތް އަވަރ ފާހަގަކުރުމުގެ ތެރެއިން. / ފޮޓޯ: ސްކައުޓްސް އެސޯސިއޭޝަން
ސްކައުޓްސް އެސޯސޮއޭޝަނުން 2023 ވަނަ އަހަރު އާރތް އަވަރ ފާހަގަކުރުމުގެ ތެރެއިން. / ފޮޓޯ: ސްކައުޓްސް އެސޯސިއޭޝަން
ޚުލާސާ

"އާރތް އަވަރ" ފާހަގަކުރުމަށް ކަނޑައެޅިފައިވާ ވަގުތަކީ މިރޭ 20:45 އިން 21:45 އާ ހަމައަށް.

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ދުނިޔޭގައި ފާހަގަކުރާ "އާރތް އަވަރ" ހަރަކާތުގައި ބައިވެރިވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން މިއަދު ރައްޔިތުންނަށް ގޮވާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފައިވަނީ، މިރޭ ބާއްވާ މި ހަރަކާތުގައި ރާއްޖޭގެ އެންމެހާ މުއައްސަސާތަކާއި ޢާންމު ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

"އާރތް އަވަރ" ފާހަގަކުރުމަށް ކަނޑައެޅިފައިވާ ވަގުތަކީ މިރޭ 20:45 އިން 21:45 އާ ހަމައަށެވެ.

"އާރތް އަވަރ" އަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދެއްކުމެވެ.

ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް ނިއްވާލައި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ހަރަކާތުގައި ބައިވެރިވުން މުހިންމު ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%