Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް: ރައީސް

ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
528 ދުވަސް ކުރިން - 22 މާޗް 2025 19:42
ރައީސް ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް
ޚުލާސާ

ރައީސް ވަނީ ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައި.

ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ފެނުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނާއި ބައިނަލްއަގްވާމީ ޕާޓްނަރުންނަށް އަރިސްކުރައްވާފައިވެއެވެ.

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޢާރަކީ "ގްލޭޝިޔާ ޕްރިޒަވޭޝަން" ކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

Advertisement

Advertisement 1

"މި ޝިޢާރުން ހަނދާންކޮށްދެނީ މޫސުމީ ބަދަލުތަކާއި ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި އިންސާނުންގެ ނާޒުކުކަމާ އޮތް ގުޅުމުގެ މަތިންނެވެ. މިފަދަ ހައްސާސް މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެއްކުމުގައި ރާއްޖެއިން ދެމިތިބޭނަމެވެ. ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެކެކެވެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި، ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައިވެއެވެ. މީގެ އިތުރުން، ދުނިޔެ ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔެ ހޫނުވެ ގަނޑުފެނުގެ ބައްރަށް ފިނިހޫނުމިން މަތިވަމުންދާއިރު، އެކަމުގެ ސަބަބުން އަހަރަކު 0.6 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލެމުންދެއެވެ. މިކަމަކީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި އޮތް މައްސަލައެއް ކަމަށް ސައިންސްވެރިން ވަނީ އިންޒާރުދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

5 ގަޑިއިރު ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

6 ގަޑިއިރު ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

7 ގަޑިއިރު ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

7 ގަޑިއިރު ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 16:10