އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިއްޔެރޭ ފެށި ޢުދުވާނަކީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އެންމެ ނުރައްކާތެރި ބޮން އެޅުމެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މި ހަމަލާއަކީ "ފެށުމެއް" ކަމަށާއި، މިއީ އިތުރު އަސްކަރީ ފިޔަވަޅުތައް އަޅަން ރާވާފައިވާ ކަމުގެ އިޝާރާތެއް ކަމަށެވެ.
މި ވައިގެ ހަމަލާތައް ޣައްޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑަށް އަމާޒުކުރަމުންދަނީ އާބާދީ ގިނަ ސަރަހައްދުތަކަށެވެ








