ރޭއްސުރެ ޒައެންސިސްޓު އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފި އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި ސްކޫލްތަކަށާއި މީހުން ނެރުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ އާންމު ތަންތަނަށެވެ.
އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ޣައްޒާގައި ތިބި ނޫސްވެރިންނަށް ފެންނަނީ ރޯދައަށް ތިބި މުސްލިމުން ޢިމާރާތްތަކުގެ ދަށުން މިއަދު ލެޔާއިއެކު ދަމައިގަންނަ ބިރުވެރި މަންޒަރުތަކެވެ. ގިނަ މީހުން ޝަހީދުވެފައިވާއިރު ކުށެއް ނެތް ކުޑަކުޑަ ކުދިންނާއި އަންހެނުން އޭގެތެރޭގައި ހިމެނެއެވެ.
އިސްރާއީލުން ދެމުންދާ ޙަމަލާ ބައިނަލްއަގްވާމީ ގޮތުން ކުށްވެރިކޮށްފައިވާއިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދިނުމަށް ވެސް އިސްރާއީލުގެ ޒައެނިސްޓުން ދަނީ ހުރަސް އަޅަމުންނެވެ.








