އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފަށައި 200 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ހައްދުފަހަނައެޅި ޒައެނިސްޓުންގެ ޓޭންކަރުތަކުން މިހާރު ވެސް ދަނީ ޣައްޒާގެ ގެތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުން ކަމަށް މަސްދްރުތައް ބުނެއެވެ.
މިހާރު ދެމުންދާ މި ހަމަލާތަކުގައި ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ޝަހީދުވެފައިވާ ގިނަ ޢަދަދެއްގެ މީހުންނާއި ޒަޚަމްވެފައިވާ މީހުން ގެންދާ ކަމަށް ވެއެވެ. އަލްޖަޒީރާގެ ފޮޓޯއެއްގައި ދައްކާ ގޮތުން، މި ހަމަލާތަކުގައި ޒަޚަމްވި ބަޔަކު ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެއެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފްވެ ޒައެނިސްޓުން ވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ މަސައްކަތް އަލުން ފަށާފައެވެ. އެގޮތުން ރޭ ދަންވަރުއްސުރެ އިސްރާއީލުން ޙަމަލާ ދެމުންދާ ކަމަށް މަސްދަރުތައް ބުނެއެވެ.









