Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުއްޖެއްގެ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދަޢުވާ މަންދީގެ މައްޗަށް އުފުލުމަށް ޗައިލްޑް އެބިއުސް ޕްރޮޓެކްޝަން ސޮސައިޓީން ގޮވާލައިފި

ކުޑަކުއްޖެއްގެ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދަޢުވާ މަންދީގެ މައްޗަށް އުފުލުމަށް ޗައިލްޑް އެބިއުސް ޕްރޮޓެކްޝަން ސޮސައިޓީން ގޮވާލައިފި

އަައިޝަތު ޒީނާ
559 ދުވަސް ކުރިން - 16 މާޗް 2025 20:13
މަރިޔަމް ޒުބައިރު (މަންދީ).
މަރިޔަމް ޒުބައިރު (މަންދީ).
ޚުލާސާ

ސީ.އޭ.ޕީ.އެސް އިން ބުނީ އެފަދަ ކަންކަން އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް އެފަދަ ބޮޑެތި ކުށްތައް އާންމުވެގެންދާނެ ފުރުޞަތު އެބަ އޮތް ކަމަށް.

ކުޑަކުއްޖެއްގެ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދަޢުވާ މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް އުފުލުމަށް ޗައިލްޑް އެބިއުސް ޕްރޮޓެކްޝަން ސޮސައިޓީ (ސީ.އޭ.ޕީ.އެސް) އިން ގޮވާލައިފިއެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ ވާހަކަ ދެއްކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަންދީ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ވާހަކަތައް ދައްކާފައެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ޢާންމުވެފައެވެ.

ސީ.އޭ.ޕީ.އެސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާތް ވެގެންވާ އިސްލާމް ދީނުގައިވެސް ކުދިންނަކީ ޚާއްސަ އޯގާތެރިކަމެއް ދޭންޖެހޭ ބައެއް ކަމަށް ކަނޑައަޅުއްވާފައިވާއިރު އަދި ހަނގުރާމަތަކުގައިވެސް ކުޑަކުދިން މެރުމަކީވެސް ކުށެއް ކަމުގައި ވީހިނދު އޭގެންވެސް ހާމަވާ ކަމަކީ ކުދިންގެ ކަރާމާތަށް ވެސް އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާ މިންވަރު ކަމަށެވެ. ނަމަވެސް އެހުރިހާ ކަމަކަށް ގޮންޖަހާ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ އެ ކުއްޖާއާ ގުޅޭ ގޮތުން ޚަޤީޤަތާ ޚިލާފު ވާހަކަތަކެއް އާންމު ތަނެއްގައި ފެތުރި ފެތުރުން ސީ.އޭ.ޕީ.އެސް އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ޖަމިޢްޔާއިން ބުންޏެވެ.

Advertisement

Advertisement 1

އެފަދަ ކަންކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭކަން ފާހަގަކޮށް ސީ.އޭ.ޕީ.އެސް އިން ބުނީ އެފަދަ ކަންކަން އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް އެފަދަ ބޮޑެތި ކުށްތައް އާންމުވެގެންދާނެ ފުރުޞަތު އެބަ އޮތް ކަމަށެވެ.

ސިޔާސީ ވާދަވެރިކަމެއް ކިތަންމެ ބޮޑަށް އޮތް ނަމަވެސް އަދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ކިތަންމެ ފާޑުކީކަމުގައި ވީނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދިންނާ ގުޅޭ ގޮތުން އެފަދަ ވާހަކައެއް ދައްކާ ކުދިންގެ ޙައްޤާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަޙައްމަލް ކުރެވޭނެ އަދި ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށް ސީ.އޭ.ޕީ.އެސް އިން ބުންޏެވެ. އަދި މި މައްސަލައިގައި ސީ.އޭ.ޕީ.އެސް އިން ބަޔާން ނެރުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަށް ވީތީ ނޫން ކަމަށާއި، އެހެން ނަމަވެސް އެބޭފުޅާއަކީވެސް ކުޑަކުއްޖެއް ކަމުގައި ވެފައި އެބޭފުޅާގެވެސް ޙައްޤަކާއި އަބުރަކާއި ކަރާމާތެއް ވާތީކަމަށް އެ ޖަމިޢްޔާއިން ބުންޏެވެ.

ސީ.އޭ.ޕީ.އެސް އިން އިތުރަށް ބުނީ އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތައް ދެއްކުމުގެ ސަބަބުން މި ޙާދިސާ ރައްދުވާ ކުއްޖާއާއި އެކުއްޖާގެ ޢާއިލާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާނެކަން ޔަޤީން ކަމަށެވެ. އެގޮތުން ސިޔާސީ ބޭނުމެއްގައި ކުށެއްނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ، ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދަޢުވާ މަންދީގެ މައްޗަށް އުފުލަން ޖެހޭ ކަމަށް ސީ.އޭ.ޕީ.އެސް އިން ބުންޏެވެ.

ސީ.އޭ.ޕީ.އެސް އިން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ގޮވާލާފައެވެ. އަދި ދަޢުވާ ކުރަންޖެހޭ ފަރާތްތަކަށް ދަޢުވާކުރުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަވަސްކޮށްދިނުމަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް އަށްވެސް ވަނީ ގޮވާލާފައެވެ.

ސީ.އޭ.ޕީ.އެސް އިން ބުނީ މި މައްސަލައިގައި ހަރަކާތް އިންތިޒާމްކުރި ފަރާތާއި، އެ ވާހަކަ ދެއްކި ފަރާތުގެ އެ ޒިންމާދާރުކަން ކުޑަ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޖަމިޢްޔާގެ ފަރާތުން މި މައްސަލައަށް ތަދައްޙުލްވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށެވެ.

އެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކައުންސިލްގެ ބައްދަލުވުމެއްގައި މައިކު ކަނޑާލި މައްސަލައިގައި އެމްޑީޕީ އަދި ކައުންސިލް މެމްބަރަށް ބޮޑެތި ފާޑުކިޔުންތަކެއް

މައިކު ކަނޑާލި މައްސަލައިގައި އެމްޑީޕީ އަދި ކައުންސިލް މެމްބަރަށް ބޮޑެތި ފާޑުކިޔުންތަކެއް

2 ދުވަސް ކުރިން - 20:24

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

21 ދުވަސް ކުރިން - 18:46

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

29 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

35 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

35 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

40 ދުވަސް ކުރިން - 10:56