Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސުޕްރީމް ކޯޓު ބެންޗަށް ބަދަލު ގެންނަން ޖެހޭ!

ސުޕްރީމް ކޯޓު ބެންޗަށް ބަދަލު ގެންނަން ޖެހޭ!

އައިޝަތު އީމާން
504 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:22
ސުޕްރީމް ކޯޓްގެ ބެންޗުގައި ތިއްބެވި ކޮރަޕްޓް ފަނޑިޔާރުން ބޭރުކުރަން ޖެހޭ.
ސުޕްރީމް ކޯޓްގެ ބެންޗުގައި ތިއްބެވި ކޮރަޕްޓް ފަނޑިޔާރުން ބޭރުކުރަން ޖެހޭ.
ޚުލާސާ

އިސްލާމީ ވަހުދަތު ރައްކާތެރިކުރެވޭނީ ސުޕްރީމްކޯޓު ސާފުކުރެވިގެން.

ސުޕްރީމް ކޯޓަކީ ކޮންމެ ވެރިކަމަކަށް ވެސް މުހިއްމު ތަނެކެވެ. އެހެންކަމުން އެއިރަކު ވެރިކަމުގައި ތިބޭބަޔަކަށް އެ ކޯޓުގެ މައްޗަށް އިތުބާރު އޮތުން ވެސް މުހިއްމުވެއެވެ. ރާއްޖޭގައި ނޫނަސް މިކަން އޮންނަނީ މިގޮތަށެވެ. ރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނު ފަހުން އެކޯޓަށް އެންމެ ބޮޑު ނުފޫޛެއް ފޯރުވާފައިވަނީ ، އެމް .ޑީ.ޕީ އަށް ވެރިކަން ލިބުނު ދެފަހަރުކަން ފާހަގަކުރެވުނެވެ. ސަބަބުތައް ވެސް ގިނައެވެ. 

ފުރަތަމަ ސަބަބަކީ ، އެމްޑީޕީން ވެރިކަންކުރި ދެފަހަރު ވެސް އެމް.ޑީ.ޕީ ގެ އިސް ސަފުގައި ތިބީ ވެރިކަން ހިންގުމުގައި ދީނީކަން ބަލާބައެއް ނޫނެވެ. އެމީހުންގެ ވިސްނުން ހުރީސެކިއުލަރ ފިކުރުގެ މައްޗަށް ވެރިކަން ހިންގުމުވެ. އެއީ އެ ވިސްނުމުގެ އެކްޓިވިސްޓުންނަށް ވުމެވެ.

ދެވަނަ ސަބަބަކީ، ޙައްޤު އެއްފަރާތްކޮށް އިންސާފަކީ ސެކިއުލަ ވިސްނުމުގެ ޢަޣުލަބިއްޔަތު އޮތް ބަޔަކު ނިންމާ ނިންމުމަކަށް ހެދުމެވެ.

Advertisement

Advertisement 1

ތިންވަނަ ސަބަބަކީ ، މާއްދިއްޔަތު އިސްކޮށް ހުޅަނގުގެ އާދަކާދަތަކާއި ، ދީނާއި ފުށުއަރާ ބިދުޢަތަކާއި ޚުރާފާތްތަކާއިއެކު ޝިރުކުގެ ޖީލެއް ބިނާކުރުމެވެ.

ހަތަރުވަނަ ސަބަބަކީ ، މިސިޔާސަތާއި ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކީ ހައްދު ފަހަނައަޅާފައިވާ މީހެއް ގޮތުގައި ލޮބީކޮށް ބާކީކުރުމެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢާ ނުދަންނަ ހުޅަނގުގެ މަޞްލަޙަތަށް ބުރަވާ، ނަޒާޙަތްތެރިކަމުގެ ކުނޑިފުކެއް ވެސް ނެތް، ސެކިއުލަރ ފިކުރުގެ ފަނޑިޔާރުން ތިބުން މުހިއްމުކަމުގައި އެމް.ޑީ.ޕީ.ގެ ކޮންމެ ސަރުކާރަކުން ވެސް ދެކެފައިވެއެވެ. އިސްލާމީ ޝަރީޢަތް އުނގެނިގެން ތިބި ބަޔަކު ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި ތިބުމަކީ މިކަންކަން ކުރުމަށް ހުރަހަކަށް ވެދާނެ ކަމެއްކަމަށް ވެސް އެމީހުން ޤަބޫލުކުރެތެވެ.

މިއީ އެމް.ޑީ.ޕީ ސިއްރުން ހިންގި ސިޔާސަތެއް ނޫނެވެ. ކުރާކަމެއް ކުރީ ނުފޫޛުހުރި ބައެއް އަވައްޓެރި ޤައުމުތަކާއި ފައިސާވެރިންނާއި ހުޅަނގުގެ ބައެއް ނުފޫޛުހުދި އިސްތިޢުމާރީ ބާރުތަކުގެ ނިވަލުގައި ތިބެ ރައްކާތެރިކަމާއެކުގައެވެ. ބޭރުފުށުން އިސްލާމް ކަމުގައި ތިބި ބައެއްކަމަށް ދައްކައިގެންނެވެ. މެދުމިނުގެ މޮޑިފައި މުސްލިމުން ކަމުގައި ދައްކައިގެނެވެ.

އެހެންކަމުން ސިޔާސީ ބޭނުމުގައި މިހާރު ޖަހާ ބެރުގެ އަޑު ފަސާދައިގެ އަޑުތަކާއި ޢަމަލުތައް ހުއްޓުވަން އޮތް އެންމެ ކުރު ފަސޭހަ މަގަކީ ، ސުޕްރީމް ކޯޓަށް ޢައްޔަނު ކުރެވޭ މީހުންގެ ކިބައިގައި ފުރިހަމަ ވާން ޖެހޭނެ ޝަރުޠު ބަދަލު ކުރުމެވެ.

އެގޮތުން ރާއްޖެއިން ޤަބޫލުކުރާ އިސްލާމީ ޤައުމެއްގެ ޔުނިވަރސިޓީއަކުން އިސްލާމީ ޝަރީޢާއިން ޑިގްރީއެއް ނުވަތަ މާސްޓާސް އެއް ނުވަތަ ޕީ.އެޗް.ޑީ.އެއް އޮތުމާއިއެކު ޤާނުނީ ގޮތުން މާސްޓާސް އޮތުން ނުވަތަ ޑިގްރީއެއް ނުވަތަ ޕީއެޗް.ޑީ.އެއް އޮތުން ޝަރުޠުކުރުމެވެ. އަދި ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ވެސް ޝަރުޠަކީ މިއީ ކަމަށް ކަނޑައެޅުމެވެ. މިގޮތަށް ކަނޑައެޅިއްޖެ ނަމަ ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރެވިދާނެއެވެ. އަދި ސުޕްރީމް ކޯޓުން ނެރޭ ހުކުމްތަކާއި ޢަމުރުތަކުގައި އިސްލާމީ ކުލަ ޖެހިދާނެއެވެ.

ދަންނަންޖެހޭ ޙަޤީޤަތަކީ ޙައްޤާއި އިންސާފު ޤާއިމު ކޮށްދޭނެ މަގު އޮތީ ، އިސްލާމީ ޝަރީޢަތުގައިކަމެވެ. އިސްލާމީ ޝަރީޢަތާއި ޤާނޫނު އިސްކުރުމަކީ ބައިނަލް އަޤުވާމީ ޤާނޫނުތައް އެކަހެރި ކުރުން ނޫންކަމެވެ.

ސުޕްރީމް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

128 ދުވަސް ކުރިން - 15:27

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

130 ދުވަސް ކުރިން - 23:06

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

135 ދުވަސް ކުރިން - 23:25

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

145 ދުވަސް ކުރިން - 13:47

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓު

ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމްކޯޓު

157 ދުވަސް ކުރިން - 15:35

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

162 ދުވަސް ކުރިން - 16:38