Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ހުސައިން އިސްމާއިލް
452 ދުވަސް ކުރިން - 15 މާޗް 2025 16:08
ސުޕްރީމް ކޯޓް: އެ ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ 6 ފަނޑިޔާރުން / ފޮޓޯ: ޚުލާޞާ
ސުޕްރީމް ކޯޓް: އެ ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ 6 ފަނޑިޔާރުން / ފޮޓޯ: ޚުލާޞާ
ޚުލާސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ކުރީގެ ޑ.ޕީޖީ މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެ ތިން ބޭފުޅުންނަކީ:

1. ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު

Advertisement

Advertisement 1

2. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު

3. ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމަށް މީހަކު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު އިޢުލާން ކޮށްފައިވާއިރު، ފުރަތަމަ އިޢުލާނުގައި ދެ ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެންމެ ބޭފުޅަކު ކުރިމަތިލެއްވުމާއި ގުޅިގެން އަލުން އިޢުލާން ކުރިއެވެ. އެފަހަރު ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

ދެވަނަ އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ މިއަދުގެ ހެނދުނު 10:00 ގައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި، ފަނޑިޔާރު ކަމުގައި ނުވަތަ ޤާނޫނީ ވަކީލު ކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.

މި މަޤާމަށް މީހަކު ހޯދަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު 4 މާރިޗު 2025 ގައި އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 6 ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ޢަލީ ރަޝީދު ހުސައިން އާއި އާއިޝާ ޝުޖޫން މުޙައްމަދާއި އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

އޭގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެއީ މަހާޒް އާއި އަޒްމިރާލްދާއެވެ.

ސުޕްރީމް ކޯޓުފަނޑިޔާރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

42 ދުވަސް ކުރިން - 15:27

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

44 ދުވަސް ކުރިން - 23:06

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

49 ދުވަސް ކުރިން - 23:25

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

60 ދުވަސް ކުރިން - 13:47

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓު

ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމްކޯޓު

71 ދުވަސް ކުރިން - 15:35

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

76 ދުވަސް ކުރިން - 16:38