Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުޑަކުދިންނަށް އަމާޒުކޮށް މީސްމީޑިއާގައި ކުރާ ފުރައްސާރައާ މެދު ވަޒީރު މާރިޔާ ކަންބޮޑުވުން ފާޅުކުރައްވައިފި

ކުޑަކުދިންނަށް އަމާޒުކޮށް މީސްމީޑިއާގައި ކުރާ ފުރައްސާރައާ މެދު ވަޒީރު މާރިޔާ ކަންބޮޑުވުން ފާޅުކުރައްވައިފި

އާނާ ފަހީމް
444 ދުވަސް ކުރިން - 14 މާޗް 2025 18:15
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު މަރިޔަމް މާރިޔާ/ ފޮޓޯ: ރައީސް އޮފީސް
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު މަރިޔަމް މާރިޔާ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ކުރާ ފުރައްސާރައާއި އުނދަގޫތަކާ މެދު ވަޒީރު މަރިޔަމް މާރިޔާ ކަންބޮޑުވުން ފާޅުކުރައްވައި، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައްވައިފި.

މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ކުރާ ފުރައްސާރައާއި އުނދަގޫތަކާއި މެދު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު މަރިޔަމް މާރިޔާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވަޒީރު މާރިޔާ އެކަމަނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޅަދަރިންނަކީ ލޯތްބާއި އޯގާތެރިކަމާއެކު ބެލެހެއްޓުމަށް މާތްﷲ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ މާތް އަމާނާތެއް ކަމަށެވެ. ނަމަވެސް މިއަދު މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް އުނދަގޫކޮށް ފުރައްސާރަކުރާ މަންޒަރު ފެންނަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް. މި އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓަންޖެހޭ. ނުވަތަ ހުއްޓުވަންޖެހޭ. އެއްވެސް ކުއްޖަކު މިފަދަ ވޭނެއް އިޙްސާސްކުރާން ޖެހޭ ގޮތް ހެދުމަކީ ގާނޫނީ ކުށެއް،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement 1

އިސްލާމްދީނުގައި ކުޑަކުދިންނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަން ފާހަގަކުާހަގަކުރައްވަމުން، ނަބިއްޔާ ﷺ އަމިއްލަފުޅަށް ވެސް ކުޑަކުދިންނަށް ޚާއްޞަ އޯގާތެރިކަމެއް ބެހެއްޓެވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ލިބޭ ކޮންމެ ގެއްލުމަކުން އެކުދިން ސަލާމަތްކުރުމަކީ އެންމެންގެ ވާޖިބެއްކަމަށް ވެސް އެކަމަނާ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ ކުދިން މި އަނދިރިކަމުން ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރަމާ! އަމިއްލަ ނަފުސުގެ ދިފާޢުގައި އެއް ކަމެއް ވެސް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާއި ދެކޮޅަށް ކޮންމެ މައެއް، ކޮންމެ ބަފައެއް، ކޮންމެ ބޮޑު މީހެއް، އަދި ކޮންމެ ރައްޔިތަކު ވެސް، ސާބިތުކަމާއި އެކު ތެދުވާންޖެހޭ،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ވަޒީރު މާރިޔާ އިތުރަށް ވިދާޅުވީ، ޑިޖިޓަލް ދުނިޔެއިން ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އޮތް ނުރައްކާ ވަރަށް ބޮޑުކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ވެރިންގެ ޒިންމާއެއް ނޫންކަމަށާއި، މުޅި މުޖުތަމަޢުގެ ޒިންމާއެއްބކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޑރ. މަރްޔަމް މާރިޔާ (ކުރީގެ މިނިސްޓަރު)

Advertisement

Advertisement

ގުޅޭ ޚަބަރުތައް

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

15 މިނެޓު ކުރިން - 14:41

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

5 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

15 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

18 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

1 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%