
މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަޤާމް ޔޫސުފް އަޒްޔާން ފަރުހަތު ހޯދައިފިއެވެ.
ފާއިތުވި ތިން އަހަރުގެ ކްރިކެޓް ދާއިރާގެ އަގުވަޒަންކުރުމުގެ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ބޭއްވުނު "ކްރިކެޓް ހަވީރު" ހަފްލާގައި، ބޭއްވި ރަސްމިއްޔާތުގައި، އަޒްޔާނަށް ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން، 2022 އަދި 2023 ވަނަ އަހަރުގެ އެންމެ މޮޅު ބެޓްސްމަންގެ އެވޯޑްވެސް ލިބިފައެވެ.
މި ހަފްލާގައި އެކި ކެޓަގަރީތަކުން ގިނަ ކުޅުންތެރިންނަށް އެވޯޑް ދީފައި ވެއެވެ. އޭގެ ތެރޭގައި:
- 2022 އަދި 2023 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ: އާދަމް ނާސިފް އުމަރު (އާދަޅޭ)
- 2023 ވަނަ އަހަރުގެ އެންމެ މޮޅު ބޯލަރު: އަހުމަދު އަމީލް މައުރޫފް
- 2023 ވަނަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ތާރަކަ ރުވާން
- 2023 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަދި ބެޓަރު: ސުމައްޔާ ބިންތި ހަމީދު
- 2023 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ބޯލަރު: ނަބާ ބިންތި ނަސީމް
މީގެ އިތުރުން، ޖޫނިއަރ އަދި ޔޫތު ކެޓަގަރީތަކުންވެސް ގިނަ ކުޅުންތެރިންނަށް އެވޯޑް ދީފައިވެއެވެ.
މި ހަފްލާގައި ކްރިކެޓް ބޯޑުގެ ޕާޓްނަރުންނަށް ފިލާ ދެވުނުއިރު، ކްރިކެޓްގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ސަރވިސް އެވޯޑްވެސް ދީފައިވެއެވެ.









