ބާސެލޯނާގެ މަޝްހޫރު ކޭމްޕް ނޯ މަރާމާތުކޮށް 105،000 މީހުންގެ ޖާގައެއް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު، ގިނަ ސަޕޯޓަރުންނަށް އެއްވެ ތިބެވޭނެ ސްޓޭޑިއަމަކަށް ބައެއް ކުލަބުތަކުން މަސައްކަތް ކުރެއެވެ. ބާސާގެ ކޭމްޕް ނޯ ދަނޑުގެ މަސައްކަތް ނިމި މެޗެއް ކުޅެވޭވަރު ވާނީ މިއަހަރުގެ ނޮވެންބަރު މަހުގައި ކަމަށް ބެލެވެއެވެ.

ޔޫރަޕްގައި މިހާރު ހުރި އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ ބާސެލޯނާގެ ސްޓޭޑިއަމް ކޭމްޕް ނޯ މަރާމާތު ކުރަނީ: މިދަނޑުގެ މިހާރުގެ ޖާގައަކީ 99،354 ސީޓެވެ. މަރާމާތުކޮށް ނިމޭއިރު 105،000 ސީޓް ހުންނާނެއެވެ.
އެންމެ ގިނަ ސަޕޯޓަރުންނަށް އެއްވެ އުޅެވޭ ދަނޑުތައް
އިންޑިއާގެ އަހުމަދުއާބާދުގައި ހުންނަ ނަރެންދުރަ މޯދީ ސްޓޭޑިއަމް އަކީ ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމްގެ ލަޤަބު ލިބިފައިވާ ތަނެވެ. ކްރިކެޓަށް ޚާއްޞަ މި ސްޓޭޑިއަމްގެ ރަސްމީ ޖާގައަކީ 132،000 ސަޕޯޓަރުންނެވެ.
އުތުރު ކޮރެއާގެ ޕިއޮންގްޔަންގްގައި ހުންނަ ރަންގްރާޑޯ ފަސްޓް އޮފް މެއި ސްޓޭޑިއަމް އަކީ ގިނަ ރިޕޯޓްތަކުން ދައްކާ ގޮތުގައި 113،281 ގޮނޑި އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 150،000 ގޮނޑި ހުންނަ ސްޓޭޑިއަމެކެވެ. ގިނަ ރިޕޯޓުތައް ބުރަވަނީ ފުރަތަމަ ދެންނެވި ޢަދަދެވެ. 113،281 ގޮނޑިއެވެ.
އެމެރިކާގެ ދަޑުތައް:
- މިޝިގަން ސްޓޭޑިއަމް – 107،601 – އޭން އާބަރ، މިޝިގަން
- ބީވަރ ސްޓޭޑިއަމް – 107،282 – ސްޓޭޓް ކޮލެޖް، ޕެންސިލްވޭނިއާ
- އޮހައިއޯ ސްޓޭޑިއަމް – 102،780 – ކޮލަމްބަސް، އޮހައިއޯ
- ކައިލް ފީލްޑް – 102،733 – ކޮލެޖް ސްޓޭޝަން، ޓެކްސަސް
- ޓައިގަރ ސްޓޭޑިއަމް – 102،321 – ބެޓަން ރޫޖް، ލޫސިއާނާ
- ނޭލެންޑް ސްޓޭޑިއަމް – 101،915 – ނޮކްސްވިލް، ޓެނެސީ
- ޑެރެލް ކޭ ރޯޔަލް މެމޯރިއަލް ސްޓޭޑިއަމް – 100،119 – އޮސްޓިން، ޓެކްސަސް
- ބްރައިއަންޓް-ޑެނީ ސްޓޭޑިއަމް – 100،077 – ޓާސްކަލޫސާ، އަލަބާމާ
ޔޫރަޕްގެ އެންމެ ބޮޑު ދަނޑުތައް
މިހާރުވެސް 99،354 ސަޕޯޓަރުންނަށް ތިބެވޭ ބާސެލޯނާގެ ކޭމްޕް ނޯ ގައި މިހާރު ކުރަމުންދާ މަރާމާތަށް ފަހު 105,000 މީހުންގެ ޖާގަ ހުންނާނެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުން މިހާރު އެ ވަނީ 2 ބިލިއަން ޕައުންޑް ޚަރަދުކޮށްގެން 1 ލައްކަ ގޮނޑީގެ ސްޓޭޑިއަމެއް ހަދާނެ ކަމަށް ބުނެފައެވެ.









