Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލެއިން ބޭރުގައި ހަދާ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި ހުޅުވަނީ

މާލެއިން ބޭރުގައި ހަދާ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި ހުޅުވަނީ

އަހްމަދު އީޒާން
455 ދުވަސް ކުރިން - 13 މާޗް 2025 13:56
ކުޅުދުއްފުށީގައި ދަމަނަވެށި ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ހެލްތު މިނިސްޓްރީ
ކުޅުދުއްފުށީގައި ދަމަނަވެށި ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

ހެލްތު މިނިސްޓްރީން ބުނީ ކުޅުއްދުއްފުށީގައި ދަމަނަވެއްޓެއް ގާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށް.

މާލެއިން ބޭރުގައި ހަދާ ފުރަތަމަ ދަމަނަވެށި ހދ. ކުޅުދުއްފުށީގައި ހުޅުވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުޅުއްދުއްފުށީގައި ދަމަނަވެއްޓެއް ގާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ރޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ކަމަށެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހެއިރު ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08ރ. ކަމަށާއި މަސައްކަތުގެ މުއްދަތަކީ ދޮޅު އަހަރު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއީ މާލެއިން ބޭރު އެއްވެސް ތަނެއްގައި ހަދާ ފުރަތަމަ ދަމަނަވެއްޓެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ހިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެތަނުން ދޭނެ ހިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި ކުޑަކުދިން ހެދިބިޑުވުމުގެ މައުލޫމާތު އެއްކުރުމާއިި ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން އެކިއެކި ސިއްހީ ކަންކަމާއި ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާކުޅުދުއްފުށި ސިޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

11 ދުވަސް ކުރިން - 20:58

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

14 ދުވަސް ކުރިން - 00:16

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

47 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

48 ދުވަސް ކުރިން - 20:47

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވޭ، އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް

މާޗު މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް

51 ދުވަސް ކުރިން - 18:05

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

58 ދުވަސް ކުރިން - 19:21