Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އދ. އަރިޔަދޫ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރުއް އާލާކުރަނީ

އަހްމަދު އީޒާން
582 ދުވަސް ކުރިން - 12 މާޗް 2025 17:19
އދ. އަރިޔަދޫ / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
އދ. އަރިޔަދޫ / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ޚުލާސާ

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އދ. މާމިގިލި ކައިރީގައި އޮންނަ އަރިޔަދޫއަކީ އެ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ ކަނޑައަޅާފައިވާ ކަމަށް.

އދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އަރިޔަދޫ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް, އެ ރަށުގައި ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އދ. މާމިގިލި ކައިރީގައި އޮންނަ އަރިޔަދޫއަކީ އެ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމަވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރު" ގާއިމުކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement 1

ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށް, ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެ ރަށުގައި އުފެއްދުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށައި, ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓްެރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖުކުރުމުގެ ހަރަދު ހޯދަން ވެސް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގަ މި ވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.

އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

184 ދުވަސް ކުރިން - 10:56

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

184 ދުވަސް ކުރިން - 19:35

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

213 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

226 ދުވަސް ކުރިން - 15:24

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

242 ދުވަސް ކުރިން - 10:17

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

242 ދުވަސް ކުރިން - 19:12