ތިން ޤައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މަޖިލީހުން ރުހުންދިން ބޭފުޅުންނަކީ:

  1. ފިލިޕީންސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް - މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  2. ކިންގްޑަމް އޮފް ސްޕެއިނަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް - އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް
  3. ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު

އެބޭފުޅުން ސަފީރުކަމަށް އައްޔަނުކުރަން އެހި ވޯޓުގައި ތާއިދުކުރެއްވީ 54 މެންބަރުން ކަމަށްވާއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އިރުތިޝާމަށް 54 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު، ލުވޭޒަށް ރުހުން ދޭން ނެގި ވޯޓުގައި ވެސް ލިބިވަޑައިގަތީ 54 މެންބަރުންގެ ވޯޓެވެ.