ތިނަދޫ ސިޓީ ޒޯން ސްޓޭޑިއަމް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން 500 ގޮނޑި ހަރުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މި އަޕްގްރޭޑްގެ މަގުސަދަކީ ސަރަހައްދީ އަދި ގައުމީ މުބާރާތްތައް ބާއްވަން ގާބިލްކަން އިތުރުކުރުމެވެ. މީގެ އިތުރުން ކުޅިވަރު ފެސިލިޓީ ދިރުވައި އާލާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ރޮސްޓްރަމް ސަރަހައްދު މަރާމާތުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެ 23 އަހަރު ކުރިން ޤާއިމުކުރި ތިނަދޫ ޒޯން ސްޓޭޑިއަމް އަށް ގެންނަ މި ޒަމާނީ ބަދަލުތަކާއެކު ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ބޭއްވުމަށް އިތުރު ފުރުސަތުތައް ލިބެން ފަސޭހަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.






