Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

75 ކުން 65 ވެންޓިލޭޓަރު ނުލިބޭ މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި

75 ކުން 65 ވެންޓިލޭޓަރު ނުލިބޭ މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
537 ދުވަސް ކުރިން - 11 މާޗް 2025 10:41
ކޮމިޓީ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ކޮމިޓީ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ޚުލާސާ

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ ދިނުމުން، 65 ވެންޓިލޭޓަރު “ވަގަށް ނަގައިފި”. ލިބުނީ ދިހައެއް.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި ނަމަވެސް، މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. މި މައްސަލައިގައި ސަރުކާރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، 1.88 މިލިއަން ޑޮލަރާއި އެހެނިހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ބަންޑާރަ ނައިބުގެ އޮފީހުން ކޮމިޓީއަށް އަންގާފައިވެއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި، ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ލަފާ ދެއްވާފައިވާ ކަމަށެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ކުރިން 11 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ހެކި ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

މާލިއްޔަތު ކޮމިޓީން މިހާރު ވަނީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގައި، މަކަރާއި ހީލަތުގެ ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. މި މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ ލިބުމަކީ ނާދިރު ކަމެއްކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސްކޮރަޕްޝަންވެންޓިލޭޓަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

3 ދުވަސް ކުރިން - 23:02

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36