ދިވެހި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ޤައުމީ ސަލާމަތާއި ގުޅުން ހުރި ޚާއްޞަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ހިންގަނީ، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.