Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފްލެޓް ލިސްޓު ރިވިއުކުރީ ކުރީގެ ސަރުކާރުން ކަނޑައެޅި އުސޫލާ އެއްގޮތަށް: މިނިސްޓްރީ

ފްލެޓް ލިސްޓު ރިވިއުކުރީ ކުރީގެ ސަރުކާރުން ކަނޑައެޅި އުސޫލާ އެއްގޮތަށް: މިނިސްޓްރީ

އަހްމަދު އީޒާން
459 ދުވަސް ކުރިން - 9 މާޗް 2025 16:27
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް / ފޮޓޯ: ފަހިދިރިއުޅުން ކޯޕަރޭޝަން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް / ފޮޓޯ: ފަހިދިރިއުޅުން ކޯޕަރޭޝަން
ޚުލާސާ

މިނިސްޓްރީން ބުނީ ފްލެޓް ލިސްޓް ރިވިއު ކުރުމުގައި އަމަލުކޮށްފައި ވަނީ ކުރީގެ ސަރުކާރުން އެކަމަށް އެކުލަވާލި ގެދޮރުވެރިން ކޮމިޓީގެ އުސޫލާ އެއްގޮތަށް ކަމަށް.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ރިވިއުކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީން ކަނޑައަޅާފައި އޮތް އުސޫލާއި އެއްގޮތަށް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީން އެގޮތަށް ބުނީ އެ ލިސްޓް ރިވިއު ކުރުމަށް އޭސީސީން ދިން ލަފަޔާއި އެެއްގޮތަށް މި ސަރުކާރުން ލިސްޓް ރިވިއު ކުރުމަށް ފަހު ނެރުނު ލިސްޓާއި ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ހަގީގަތާއި

ހިލާފު ވާހަކަތައް ފަތުރަމުންދާތީ، އެ ކަންކަން ދޮގުކޮށް ނެރުނު ބަޔާނެއްގަ އެވެ.

Advertisement

Advertisement 1

މިނިސްޓްރީގެ ބަޔާނުގައި ބުނީ ރިވިއު ކުރުމަށް ފަހު ނެރުނު ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުގައި ތިން ކޮޓަރި ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާންކުރި ފަރާތްތަކުގެ އިތުރުން ދެ ކޮޓަރީގެ ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ މީހުން އެކަނި ކަމަށެވެ.

އެ ނޫން އެހެން އެއްވެސް މީހެއްގެ ފޯމެއް މި މަރުހަލާގައި ބަލައި ޗެކުކޮށްފައި ނުވާނެ ކަމަށާއި ފްލެޓް ދިނުމުގެ އާ އުސޫލެއް ވެސް ހަދާފައި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފްލެޓް ލިސްޓް ރިވިއު ކުރުމުގައި އަމަލުކޮށްފައި ވަނީ ކުރީގެ ސަރުކާރުން އެކަމަށް އެކުލަވާލި ގެދޮރުވެރިން ކޮމިޓީގެ އުސޫލާއި އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ އުސޫލުގެ ދަށުން ފްލެޓް ލިސްޓު ރިވިއުކުރުމުގައި ހުރިހާ މީހުނަށް ވެސް ހަމަހަމަވާނެހެން ވީހާވެސް ބޮޑަށް ލުއިކުރެވޭތޯ ބަލާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފްލެޓް ލިބިފައިވާ އެއްވެސް މީހަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން މީހަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާއި ޝަކުވާތަކަށް ބަލައި ގޮތެއް ނިންމުމަށް ފަހު ނޫނީ އެގޮތަށް ކަނޑަނޭޅޭނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ރަށްވެހިން ފްލެޓް ލިސްޓުން އާދަޔާ ހިލާފަށް ޑިސްކޮލިފައި ކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް، މާލޭގައި ރަށްވެހިވެފައިވާ މީހެއް ރަށްވެހިވެފައި ވާތާ 15 އަހަރު ވެފައިވާ ނަމަ ޑިސްކޮލިފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްބޯހިޔާވަހިކަންގެދޮރުވެރިޔާ ސްކީމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

19 ދުވަސް ކުރިން - 13:45

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

19 ދުވަސް ކުރިން - 12:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރި ކުދިންގެ ބެލެނެވެރިންނަށް މިހާރު ފުލެޓަށް ލެވޭނެ

32 ދުވަސް ކުރިން - 13:54

ސިފައިންނަށް ބޯހިޔާވަހިކަމުގެ ސްކީމުން ކަނޑައެޅޭ މިންވަރު އިތުރުކޮށްދެއްވާނަން: ރައީސް

"ސިފައިންނަށް ބޯހިޔާވަހިކަމުގެ ސްކީމުން ކަނޑައެޅޭ މިންވަރު އިތުރުކޮށްދެއްވާނަން"

32 ދުވަސް ކުރިން - 23:30

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

36 ދުވަސް ކުރިން - 22:37

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

45 ދުވަސް ކުރިން - 18:45