މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް

އާނާ ފަހީމް | 226 ދުވަސް ކުރިން - 8 މާރިޗް 2025 22:04
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ. / ފޮޓޯ: ރެޑިޓް
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ. / ފޮޓޯ: ރެޑިޓް
ޚުލާސާ

ފަބްރީޒިއޯއަކީ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ މަޝްހޫރު އެއް ނޫސްވެރިޔާ. އޭނާ ބުނީ ރާއްޖެއަކީ ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްލެވޭނެ މަންޒިލެއް ކަމަށް.

ބޭރު ޤައުމުތަކުގެ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފިއެވެ.

މި މަޤާމަށް ފަބްރީޒިއޯ ހަމަޖެއްސުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ރާއްޖެއަކީ ވަރަށް ރީތި ތަނެއްކަމަށާއި، އެއީ ބިޒީ ޝެޑިއުލްއިން މީހާއަށް ހަމަޖެހުން ލިބޭނެ މަންޒިލެއްކަމަށެވެ. އަދި ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫންކަމަށާއި ރާއްޖެއަކީ އެއަށްވުރެ ގިނަ ކަންތައްތައް ތަޖުރިބާ ކޮށްލެވޭނެ މަންޒިލެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފަބްރީޒިއޯއަކީ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. ޚާއްޞަކޮށް ފުޓްބޯޅައިގެ ޓްރާންސްފަރ ބާޒާރުގެ ޚަބަރުތަކާއި މަޢުލޫމާތު އޭނާ ދުރާލާ ހިއްސާކުރެއެވެ. މިކަމާ ގުޅިގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެތައް މިލިއަން ބަޔަކު ދަނީ ފޮލޯކުރަމުންނެވެ.

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ފަބްރީޒިއޯ ހަމަޖައްސާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%