Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
541 ދުވަސް ކުރިން - 8 މާޗް 2025 13:28
ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން/ ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން/ ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
ޚުލާސާ

މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އަދި އެގްރޯނެޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. އަދި އެކި އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުން، ދަނޑުވެރިންނަށް މި ދާއިރާގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އަދި އެ ދާއިރާއިން ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް ވަޒީރު ޑރ. މާރިޔާ ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement 1

އެގޮތުން، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެހީވުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ދަނޑުވެރިކަމާ ގުޅޭ އެޑްވާންސް ލެވެލްގެ ކޯސްތައް މިހާރުވެސް ފަށާފައިވާއިރު، ޑިޕްލޮމާއާއި ޑިގްރީ ފެންވަރުގެ ކޯސްތައް ފެށުމަކީ އަމާޒެކެވެ. އަދި އެކަމަށް ޚާއްސަ ފެކަލްޓީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)ޑރ. މަރްޔަމް މާރިޔާ (ކުރީގެ މިނިސްޓަރު)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

138 ދުވަސް ކުރިން - 10:56

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

139 ދުވަސް ކުރިން - 19:35

ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން: މިނިސްޓްރީ

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

168 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

181 ދުވަސް ކުރިން - 15:24

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

196 ދުވަސް ކުރިން - 10:17

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

197 ދުވަސް ކުރިން - 19:12