Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޓާނީ ޖެނެރަލް އުޝާމް ޖޭއެސްސީގެ ކޮމިޓީން ތަނާޒުލު ވެއްޖެ

އެޓާނީ ޖެނެރަލް އުޝާމް ޖޭއެސްސީގެ ކޮމިޓީން ތަނާޒުލު ވެއްޖެ

ހުސައިން އިސްމާއިލް
550 ދުވަސް ކުރިން - 8 މާޗް 2025 01:35
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ބަލާއިރު ކޮމިޓީގައި އުޝާމު ހިމެނިވަޑައިނުގަންނަވާނެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ބަލާއިރު ކޮމިޓީގައި އުޝާމު ހިމެނިވަޑައިނުގަންނަވާނެ.
ޚުލާސާ

ކޮމިޓީގައި އިނުމަށް ތަނާޒުލްވާ ކަމަށް އެންގީ އަޒްމިރާލްދާގެ ސިޓީގައި ބަންޑާރަ ނައިބުގެ މަސްލަހަތު އޮތް ކަމެއް ކަމަށް ބަޔާންކޮށްފައި އޮތުމުން.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ޑިސިޕްލިނަރީ މައްސަލަތައް ބަލަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ތަނާޒުލް ވެއްޖެއެވެ. އެމަނިކުފާނުގެ ބަދަލުގައި އިންނަވާނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަހުމަދު ނާސިހެވެ.

އުޝާމްގެ މިގޮތަށް ނިންމެވީ ފަނޑިޔާރު އަޒްމިރަލްދާ ފޮނުއްވި ސިޓީއެއްގައި ތަޙްޤީޤުގައި އެޓާނީ ޖެނެރަލްގެ ދައުރާއި ގުޅިގެން މަސްލަހަތު ފުށުއަރާތީ ކަންބޮޑުވުން ފާޅުކުރެއްވި ސިޓީއަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އުޝާމް ވަނީ އިސްތިއުފާ ނުދެއްވި ނަމަވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ދެމެހެއްޓުމަށްޓަކައި ކޮމެޓީން ވަކިވެވަޑައިގެންފައިވާކަން ސާފުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވީއެއް ނޫނެވެ.

“ކޮމެޓީން އިސްތިއުފާއެއް ނުދެން. އަޅުގަނޑު މިހާރު ޖޭއެސްސީއަށް އަންގާފައި މިވަނީ ތަނާޒުލުވާ ވާހަކަ. ސަބަބަކީ އަޅުގަނޑުގެ (އެޓާނީ ޖެނެރަލްގެ) މަސްލަހަތު އެކަމުގައި ހިމެނޭ ކަމަށް ފަނޑިޔާރަކު ވިދާޅުވެފައިވާތީ، އެހެންކަމުން އަޅުގަނޑަށް ފެނުނީ އެންމެ ރަނގަޅު ގޮތަކީ އެ ކޮމިޓީގައި ބައިވެރިނުވުން” އުޝާމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޖޭއެސްސީން މިހާރު ފަނޑިޔާރު އަޒްމިރަލްދާގެ ދެ މައްސަލައެއް ދަނީ ބަލަމުންނެވެ. އެއް ކަމަކީ މަސާޖު ޕާލާއަކުން އޭނާގެ ފިރިމީހާ ޑރ.އިސްމާޢީލް ލަތީފް ހައްޔަރުކުރުމާއި ގުޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތުތަކާއި ގުޅޭ މައްސަލައަކާއި، ދެވަނަ މައްސަލައަކީ ސުލޫކީ ޢަމަލުތަކާއި ގުޅޭ މައްސަލައެކެވެ. މީގެއިތުރުން ފަނޑިޔާރު މަހާޒްގެ ސުލޫކީ އިތުރު މައްސަލައެއް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރުވާން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ބަންޑާރަ ނައިބު އަހުމަދު އުޝާމުއަޒްމިރާލްދާމަހާޒް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

30 ދުވަސް ކުރިން - 08:57

ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަނީ

ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަނީ

37 ދުވަސް ކުރިން - 20:02

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

142 ދުވަސް ކުރިން - 21:00

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

167 ދުވަސް ކުރިން - 20:04

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

"އިންތިހާބު އެއްކޮށް ބޭއްވައިގެން ދުސްތޫރީ ނިޒާމަށް ބަދަލެއްނާދޭ"

175 ދުވަސް ކުރިން - 14:39

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

"އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދުކުޑަކުރުމަށް"

178 ދުވަސް ކުރިން - 16:06