ފަނޑިޔާރުގެއަށް އެމްޑީޕީން ނުފޫޒު ފޯރުވާފައިވާކަން ނަންބަރުތަކުން

ހުސައިން އިސްމާއިލް | 225 ދުވަސް ކުރިން - 7 މާރިޗް 2025 22:31
ބަންޑާރަނައިބު އަޙަމްދު އުޝާމް: އޭނާ ވިދާޅުވީ 56 ފަނޑިޔާރަކަށް އެމްޑީޕީގެ ވެރިކަމުގައި ޖޭ.އެސް.ސީން ފިޔަވަޅު އެޅިއިރު ޕީއެންސީ ސަރުކާރުގައި އެއްވެސް ފަނޑިޔާރަކު ވަކި ނުކުރާ ކަމަށް.
ބަންޑާރަނައިބު އަޙަމްދު އުޝާމް: އޭނާ ވިދާޅުވީ 56 ފަނޑިޔާރަކަށް އެމްޑީޕީގެ ވެރިކަމުގައި ޖޭ.އެސް.ސީން ފިޔަވަޅު އެޅިއިރު ޕީއެންސީ ސަރުކާރުގައި އެއްވެސް ފަނޑިޔާރަކު ވަކި ނުކުރާ ކަމަށް.
ޚުލާސާ

އެމްޑީޕީ ވެރިކަމުގައި 56 ފަނޑިޔާރުންނަށް ފިޔަވަޅުއަޅައި 33 ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ހުރިކަމަށް ނިންމައި، 12ފަނޑިޔާރުން ސަސްޕެންޑްކޮށް 8 ފަނޑިޔާރުން ވަކިކުރި. އެކަމަކު މިސަރުކާރުން ސަސްޕެންޑްކުރީ 3ފަނޑިޔާރުން.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަނިޔާވެރި ވެރިކަމުގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި، ޝަރުޢީ ނިޒާމު ހަލާކު ކުރުމަށް އެކި ފަހަރު މަތީން މަސައްކަތް ކޮށްފައި ވާއިރު، މިދިޔަ ފަހަރު އެކަނިވެސް 56 ފަނޑިޔާރެއްގެ “ޒިންދަގީ ދުއްވާލަން” އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރިކަން ބަންޑާރަނައިބު އަޙްމަދު އުޝާމް ޢާންމު ކުރެއްވި މައުލޫމާތުތަކުން އެނގިއްޖެއެވެ.

ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 އާ ހަމައަށް އެމްޑީޕީގެ ވެރިކަމުގައި ޖުމްލަ 56 ފަނޑިޔާރަކާއި މެދު ފިޔަވަޅު އަޅާފައި ވެއެވެ. 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، އަދި 33 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތުވި ކަމަށް އެމްޑީޕީގެ ޖަގަހައެއްގެ ގޮތަށް ހިންގި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އޭރު ކަނޑައަޅައި ނަސޭހަތް ދީފައި ވެއެވެ.

ޖޭއެސްސީ އޭރު ހިންގީ އެކްޓިވިސްޓުން ލައިގެންނެވެ. އޭގެތެރޭގައި ވެސް ޚާއްޞަކޮށް ޖޭއެސްސީގެ ރައީސް ކަމަށް ހިސާން ހުސައިން ލައިގެން މަސައްކަތް ކުރެއްވީ ޖިނާޢީ ކުށްތަކުގެ ތުހުމަތުގައި ތިބި ބައެއް އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވެސް ފަނޑިޔާރުކަން ދީގެންނެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި އެމްޑީޕީގެ ވެރިކަމުގައި ދިޔައީ އެ ޕާޓީގެ ބަހަށް ނުހެއްލޭ ފަނޑިޔާރުންގެ ބޮލުގައި އިލްޒާމުތައް އަޅުވައި ވަކިކޮށް އެތަންތަނަށް އެމްޑީޕީން ބޭނުންވާ ބަޔަކު ލައިގެން ފަނޑިޔާރުގެތައް ހިންގަމުންނެވެ. އެގޮތުން 8 ފަނޑިޔާރަކު މަޤާމުން ވަކިކޮށްފައި ވެއެވެ. އަދި 12 ފަނޑިޔާރަކު ސަސްޕެންޑްކޮށްފައި ވެއެވެ. މިއީ ފަނޑިޔާރުގެއަށް ސީދާ އަތްބާނައި، ޝަރުޢީ ނިޒާމު ހަލާކުކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ކޮށްފައިވާ މަސައްކަތްތަކެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި މަންޒަރު މުޅިން ތަފާތެވެ. ނޮވެމްބަރު 2023 އިން ފެށިގެން ފެބްރުއަރީ 2025 އާ ހަމައަށް އެއްވެސް ފަނޑިޔާރަކު ވަކިކޮށްފައެއް ނުވެއެވެ. 3 ފަނޑިޔާރަކު ސަސްޕެންޑްކޮށް، 2 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިނުން ފިޔަވައި އެންމެ ފަނޑިޔާރަކަށް ވެސް ފިޔަވަޅެއް ނާޅައެވެ.

މި ތަފާސްހިސާބުތަކުން އެނގޭ ކަމަކީ ޕީއެންސީ ސަރުކާރުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެއް ނުކުރާކަމެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގައި ފަނޑިޔާރުގެއާއި ނުކުޅެ، ޝަރުޢީ ނިޒާމުގެ މިނިވަންކަން ހިފަހައްޓާފައިވާ ކަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%