Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މާލޭގައި ކޮތަރުތައް މަރުވަނީ އިންފެކްޝަން ކޮރައިޒާއިން: ވުޒާރާ

އަައިޝަތު ޒީނާ
588 ދުވަސް ކުރިން - 6 މާޗް 2025 19:56
ކޮތަރެއްގެ ސާމްޕަލް ނަގަނީ. / ފޮޓޯ: ވުޒާރާ
ކޮތަރެއްގެ ސާމްޕަލް ނަގަނީ. / ފޮޓޯ: ވުޒާރާ
ޚުލާސާ

ވުޒާރާއިން ބުނީ އެ ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެއް ކަމަށާއި އިންސާނުންނަށް އެ ބަލީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް.

މާލޭގެ އެކި ސަރަޙައްދުތަކުގައި ކޮތަރުތައް މަރުވަމުންދަނީ އިންފެކްޝަން ކޮރައިޒާ ބަލި ޖެހިގެން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ބަލި ދެނެގަނެވިފައިވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަވުމާއެކު އެކަމުގެ ޙަޤީޤަތް ދެނެގަތުމަށް ވުޒާރާއިން ސާމްޕަލް ނަގައި ތަޙުލީލުކުރުމުން ކަމަށެވެ.

ވުޒާރާއިން ބުނީ އިންފެކްޝަން ކޮރައިޒާ ބައްޔަކީ އާންމުކޮށް ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ. އެ ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށް ކަމަށް ވުޒާރާއިން ބުންޏެވެ. މިއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ޙަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެ ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް، އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަން ވެސް ޖެހިފައިވާކަން ތަޙުލީލުތަކުން ފާހަގަކުރެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. އޭގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާކަމަށް ވުޒާރާއިން ބުންޏެވެ. އަދި އެ ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއިން ބުއިމަށް އުނދަގޫވާކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ އެ ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެއް ކަމަށެވެ. އަދި އެ ބަލީގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށް ވުޒާރާއިން ބުންޏެވެ. ނަމަވެސް ރައްކާތެރިގޮތަކީ މަރުވެފައިވާ ކޮތަރުތައް ނުވަތަ ބަލި ޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ކައިރި ނުކުރުމަށާއި ބޮޑެތި މީހުންވެސް އޭގައި އަތްލައި ހިފައި އުޅޭ އިރު ރައްކާތެރިކަމުގެ ވަޞީލަތެއް ބޭނުން ކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

184 ދުވަސް ކުރިން - 10:56

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

184 ދުވަސް ކުރިން - 19:35

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

213 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

226 ދުވަސް ކުރިން - 15:24

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

242 ދުވަސް ކުރިން - 10:17

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

242 ދުވަސް ކުރިން - 19:12