ބުރިޖުން މީހަކު ފުންމާލައިފި، ސަލާމަތްކުރީ ފުލުހުން

ހުސައިން އިސްމާއިލް | 269 ދުވަސް ކުރިން - 6 މާރިޗް 2025 10:39
ސިނަމާލެ ބްރިޖް: ބްރިޖް މަތިން މޫދަށް ފުންމާލި މީހަކު ސަލާމަތްކުރީ ފުލުހުން.
ސިނަމާލެ ބްރިޖް: ބްރިޖް މަތިން މޫދަށް ފުންމާލި މީހަކު ސަލާމަތްކުރީ ފުލުހުން.
ޚުލާސާ

އެ މީހާ މޫދަށް ފުންމާލީ ރޭ ފަތިހު. އޭނާއާއިބެހޭ މަޢުލޫމާރު ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރޭ.

މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މަތިން ރޭ ފަތިހު މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގި ވަގުތު އެތަނުގައި ޑިއުޓީގައި ތިބި ޓްރެފިކް ފުލުހުންގެ ދެ އޮފިސަރުން ވަނީ އެ މީހާ ސަލާމަތްކުރުމަށް ޔުނީފޯމާއެކު މޫދަށް ފުންމާލައި އެމީހާ ސަލާމަތް ކޮށްފައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުން ދެއެވެ.

މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި އެ މީހާ ބްރިޖުން މޫދަށް ފުންމާލީ ފަތިހުގެ ވަގުތެއްގައެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މޫދަށް ފުންމާލި މީހާއަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން ވެސް އަދި ކަށަވަރު ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%