ބްރިޖު ކައިރީ ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭ ބޮޑުތަކުރުފާނު މަގު, ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ޕޭމަންޓް މައްޗަށް އަރައި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:39 ކަންހާއިރު ކަމަށެވެ.
އަދި އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ބުންޏެވެ. ދެމީހުންނަކީ ވެސް ދިވެހިންނެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އެވެ.
އެކްސިޑެންޓްވި ސައިކަލް ދުއްވާފައި ވަނީ ސައިކަލް ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.










