Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޢޫދު ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެ: ޕީއެންސީ

ސުޢޫދު ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެ: ޕީއެންސީ

އައިޝަތު ރުވާ ރިފްޢަތު
463 ދުވަސް ކުރިން - 5 މާޗް 2025 19:33
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު
ޚުލާސާ

ފަނޑިޔާރު ސުޢޫދު އިސްތިޢުފާ ދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަސްލެއްނެތް ތުހުމަތުތަކެއް އެޅުއްވުމަށް ކަމަށް ޕީއެންސީން ފާހަަގަކުރި.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގައި ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރު ސުޢޫދު އިސްތިޢުފާ ދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަސްލެއްނެތް ތުހުމަތުތަކެއް އެޅުއްވުމަށް ކަމަށެވެ. މިއީ ފަނޑިޔާރު ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ ހެއްކެއް ކަމަށް ޕީއެންސީން ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ.

އެގޮތުން، ފަނޑިޔާރުންނާ މެދު ޢަމަލުކުރެވެމުންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ޕީއެންސީން ފާޙަގަކުރިއެވެ. އަދި ފަނޑިޔާރަކާމެދު ޖިނާއީ ތަޙުޤީޤެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ނިންމުމަކީ 2019 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު އިސްލާޙުގައި ބަޔާންކުރާ އިޖުރާއާތެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

Advertisement

Advertisement 1

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމުގައި، އަދި މި ނިޒާމު ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުންދާ ނަމޫނާއަށް ޕީއެންސީން މަރުޙަބާ ދަންނަވައި ޝުކުރު އަދާކޮށްފައި ވެއެވެ.

ޕީއެންސީން ބުނީ، ތިން ބާރުގެ ތެރެއިން ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމާއި ދުރުން، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންސާފު ޤާއިމުކޮށްދިނުމުގެ މަތިވެރި ޒިންމާ ޙަވާލުވެފައިވާ ބާރުކަމަށްވާއިރު، އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުޢީ ބާރުން ނުވަނުން ކަމަށެވެ.

އެގޮތުން ޕީއެންސީން ވަނީ ފަނޑިޔާރުން ސިޔާސީ ކަންކަމުގައި ބައިވެރިވުމާމެދު ކަންބޮޑުވުން ފާޅުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އިދާރާއިން މިނިވަން މުއައްސަސާތަކަށް ދެއްވާ އެއްބާރުލެއްވުމަށް ތާއީދުކޮށްފައެވެ.

ޕީއެންސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

4 ދުވަސް ކުރިން - 10:48

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

4 ދުވަސް ކުރިން - 23:26

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

5 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

11 ދުވަސް ކުރިން - 14:31