ފްލެޓް ލިސްޓަށް 600 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

އުސްތާޛް މުޙައްމަދު ޢަލީ | 59 ދުވަސް ކުރިން - 4 މާރިޗް 2025 12:56
ހުޅުމާލޭގެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތަކެއް: 4000 ފްލެޓް ލިސްޓާއި ގުޅިގެން ޝަކުވާތައް ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައި. / ފޮޓޯ: ޚުލާޞާ
ހުޅުމާލޭގެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތަކެއް: 4000 ފްލެޓް ލިސްޓާއި ގުޅިގެން ޝަކުވާތައް ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައި. / ފޮޓޯ: ޚުލާޞާ
ޚުލާސާ

މިހާތަނަށް ޖުމްލަ 675 ޝަކުވާ ލިބިފައިވާކަމަށް ވުޒާރާއިން ބުނެފައިވޭ.

ގެދޮރުވެރިކަމުގެ 4000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހުޅުވާލުމުން، މިހާތަނަށް 600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާތަނަށް ޖުމްލަ 675 ޝަކުވާ ލިބިފައިވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓް ލިސްޓާއި ގުޅޭ 452 ޝަކުވާއާއި، ދެ ކޮޓަރީގެ ލިސްޓާއި ގުޅޭ 223 ޝަކުވާއެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ އިތުރުން، ވުޒާރާގެ އީމެއިލް އެޑްރެހަށް ނުވަތަ ސިޓީއަކުން ވެސް ޝަކުވާ ހުށަހެޅޭނެއެވެ.

މިހާރުގެ ލިސްޓަށް ބަލާއިރު، 4000 ފްލެޓުގެ ތެރެއިން ފްލެޓް ލިބެނީ 1820 މީހުންނަށެވެ. އެއީ ތިން ކޮޓަރީގެ 1423 ފްލެޓާއި ދެ ކޮޓަރީގެ 397 ފްލެޓެވެ.

ވުޒާރާއިން ބުނެފައިވަނީ، ޝަރުތު ހަމަނުވާ ފަރާތްތަކާއި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން، އެ ފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%