ފުލަމްގެ އަތްދަށުވެ އެފްއޭ ކަޕުން ޔުނައިޓެޑް ކަޓައިފި

އުސްތާޛް މުޙައްމަދު ޢަލީ | 273 ދުވަސް ކުރިން - 2 މާރިޗް 2025 03:26
ފުލަމް އަތުން ބަލިވެ އެފްއޭކަޕުން ކެޓުމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން މާޔޫސް ވެފައި. / ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް.
ފުލަމް އަތުން ބަލިވެ އެފްއޭކަޕުން ކެޓުމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން މާޔޫސް ވެފައި. / ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް.
ޚުލާސާ

1-1 އިން އެއްވަރުވެ ޕެނަލްޓީގައި ޔުނައިޓެޑް ބަލިވީ 3-4 ލަނޑުން. ކުއާޓާ ފައިނަލްގައި ފުލަމް ކުޅެން ޖެހޭނީ ކްރިސްޓަލްޕެލަސް އާއި ދެކޮޅަށް.

އެފްއޭ ކަޕްގެ ޑިފެންޑިންގ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑުން އެމީހުންގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގައި ފުލަމް އަތްދަށުވެ މުބާރާތުން ކަޓައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުލަމްގެ ކެލްވިން ބެސީ ވަނީ ގޯލެއް ގޯލެއް ޖަހައި ލީޑް ހޯދާފައެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފަނާންޑޭސް ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްލިއެވެ.

ބްރޫނޯ ފަނާންޑޭސް ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް.

މެޗުގެ ފުރިހަމަ ވަގުތު އަދި އެކްސްޓްރާ ވަގުތު ނިމުނުއިރު ސްކޯރ އަކަށް އިތުރު ބަދަލެއް ނައުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓުގައެވެ.

ޔުނައިޓެޑްގެ ފެނާންޑޭސް، ކަސެމީރޯ އަދި ޑިއޯގޯ ޑަލޯ ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފައއވެ. ނަމަވެސް، ވިކްޓަރ ލިންޑެލޯފް އަދި ޖޮޝުއާ ޒާކްޒީގެ ޕެނަލްޓީތައް ފުލަމްގެ ގޯލްކީޕަރ ބާންޑް ލެނޯ ސޭވް ކޮށް 4-3 އިން ޔުނައިޓެޑް ބަލިކުރިއެވެ.

ފުލަމްގެ ކުޅުންތެރިން ޕެނަލްޓީ ޝޫޓްގައި މޮޅުވުމުން އުފާ ފާޅުކުރަނީ.

މިއާއިއެކު ޔުނައިޓެޑް ކަޓައިގެން ދިޔައިރު، ފުލަމް އިން ކުޅެން ޖެހޭނީ އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ކްރިސްޓަލް ޕެލަސްއާއެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަކަކީ، މެންޗެސްޓަރ ސިޓީ، އެސްޓަން ވިލާ، ކްރިސްޓަލް ޕެލަސް، ޕްރެސްޓަން ނޯތު އެންޑް ބޯންމައުތު އަދި ބްރައިޓަން އަދި ފުލަމް އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%