Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗެލްސީ، ސިޓީ އަދި އާސެނަލް އަށް ވެސް މޮޅޭއް

ޗެލްސީ، ސިޓީ އަދި އާސެނަލް އަށް ވެސް މޮޅޭއް

އައިޝަތު އީމާން
325 ދުވަސް ކުރިން - 19 އޮކްޓޫބަރު 2025 15:51
މެޗުގައި ގޯލު ޖެހުމަށްފަހު އާސެނަލް އިން އުފާފާޅުކުރަނީ. އެ ކުލަބު އޮތީ ތާވަލުގެ އެއްވަނައިގައި.
މެޗުގައި ގޯލު ޖެހުމަށްފަހު އާސެނަލް އިން އުފާފާޅުކުރަނީ. އެ ކުލަބު އޮތީ ތާވަލުގެ އެއްވަނައިގައި.
ޚުލާސާ

ނޮޓިހަމް އަތުން ޗެލްސީ މޮޅުވީ 0-3 ގެ ނަތީޖާއިން، އެވަޓަން އަތުން ސިޓީ މޮޅުވީ 0-2 ގެ ނަތީޖާއިން. ފުލަމް އަތުން އާސެނަލް މޮޅުވީ 0-1ގެ ނަތީޖާއިން.

ހޮނިހިރު ދުވަހަކީ އިނގިރޭސީ ޕްރިމިއާ ލީގުގެ ބޮޑެތި ކުލަބުތަކަށް ކާމިޔާބު ދުވަހެކެވެ. ޗެލްސީ، ސިޓީ، އަދި އާސެނަލް ވެސް މިވަނީ މޮޅުވެ ތިން ޕޮއިންޓު ހޯދާފަ އެވެ.

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން، ޗެލްސީ އިއްޔެ ހަވީރު ރަށުން ބޭރުގައި 0-3 ގެ ނަތީޖާއިން ނޮޓިހަމް ބަލިކޮށްފައިވާ އިރުމި މެޗުގައި ޗެލްސީގެ މަލޯ ގުސްޓޯ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފަ އެވެ. މި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ކާޟިޔާބުކުރީ ޖޯޝުއާ އަކީމް ޕޮންގެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ޕެޑްރޯ ނެޓޯ ނަގައިދިނ ކްރޮހަކުން ބޮލުންނެވެ. ދެވަނަ ގޯލު ފަހު ހާފުގައި ޕެޑްރޯ ނެޓޯ ޖަހާފައިވަނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި ތިން ވަނަ ގޯލު ރީސް ޖޭމްސް ޖަހާފައިވަނީ ލިބުނު ކޯނަރެއްގައި ނޯޓިންހަމްގެ ކުޅުންތެރިއެއް އެ ބޯޅަ ސާފު ކުރަން އުޅުމުގެ ތެރޭގަ އެވެ.

އެވަޓަންއާ ބައްދަލުކޮށް މެންޗެސްޓަރ ސިޓީ އިން މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. މެޗުގެ ދެ ގޯލުވެސް ދެވަނަ ހާފުގައި ޖަހާފައިވަނީ ހާލަންޑެވެ. ފުރަތަމަ ގޯލު ނިކޯ އޯ'ރެލީ ނަގައިދިން ކްރޮހަކުން ބޮލުން ގޯލު ތެރެއަށް ވައްދާލި އިރު ދެވަނަ ގޯލު އޭނާ ޖެހީ ސަވީނިއީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ހާލަންޑު ވަނީ މިދިޔަ ހަފްތާގައި އިޒްރޭލު ކޮޅަށް ހެޓް-ރިކެއް ވެސް ހަދާފަ އެވެ. ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ވެސް އޭނާ އެވެ. ޖުމްލަ 11 ގޯލު މިހާތަނަށް މި ސީޒަނުގައި ޖަހާފައިވާއިރު ދެވަނައިގައި އޮތީ ބޯންމައުތްގެ ސެމެނޭޔޯ އެވެ. އެއީ ހަ ގޯލު ޖަހައިގެންނެވެ.

Advertisement

Advertisement 1

ރަށުން ބޭރުގައި ފުލަމް އަތުން އާސެނަލް މޮޅުވި މެޗުގައި މެޗުގެ ހަމައެކަނި ގޯލު 58 ވަނަ މިނެޓުގައި ޖަހައިދިނީ ޓްރޮސާޑެވެ. އޭނާ މި ގޯލު ޖެހީ ލިބުނު ކޯނަރަކުންނެވެ.

އާސެނަލްގެ މި މޮޅާއެކު ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލިއިރު ސިޓީ މިވަނީ ދެވަނައަށް ޖެހިލާފައެވެ. އަދި ޗެލްސީ މިވަނީ ހަ ވަނައަށް ޖެހިލާފަ އެވެ. ނަމަވެސް މިރޭގެ މެޗުތަކާ އެކު ތާވަލަށް ބަދަލު އަންނާނެ އެވެ.

ރޭގެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު؛

  1. ބްރައިޓަން 2-1 ނިއުކާސަލް
  2. ބާންލީ 2-0 ލީޑްސް
  3. ޕެލެސް 3-3 ބޯންމައުތް
  4. ސަންދަލެންޑް 2-0 ވުލްވްސް

ޕްރިމިއަރި ލީގުގައި މިރޭ ކުޅޭނެ މެޗުތަކަކީ؛

  1. ޓޮޓެންހަމް - އެސްޓަން ވިލާ
  2. ލިވަޕޫލް - މެންޗެސްޓާ ޔުނައިޓެޑް

ވެސްޓްހޭމް އާއި ބްރެންޓްފޯޑް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 00:00 ގަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީއާސެނަލްމެންޗެސްޓަރ ސިޓީނޮޓިންހަމް ފޮރެސްޓްއެވަރޓަންފުލަމްހާލަންޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

8 ގަޑިއިރު ކުރިން - 09:54

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

45 ދުވަސް ކުރިން - 14:55

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް: ނަން ޖަހާލުމުން ފެންނަނީ ތަފާތު ސަޅި މަންޒަރެއް!

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް!

60 ދުވަސް ކުރިން - 22:26

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04