Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރޭގެ މޮޅާއެކު ހާލަންޑު ޕްރިމިއާ ލީގުގެ 100 ވަނަ ގޯލު ހަމަކޮށް ޝިއޭރާގެ ރެކޯޑު މުގުރާލައިފި

އައިޝަތު ރުވާ ރިފްޢަތު
325 ދުވަސް ކުރިން - 3 ޑިސެންބަރު 2025 10:44
އާލިން ހާލަންޑް. އޭނާ 100 ގޯލު ހަމަކުރީ 111 މެޗުން.
އާލިން ހާލަންޑް. އޭނާ 100 ގޯލު ހަމަކުރީ 111 މެޗުން.
ޚުލާސާ

ޝިއެރާ އަތުގައި ކުރިން މިރެކޯޑު އޮތީ 124 މެޗުން 100 ގޯލު ހަމަކޮށްގެން. ޝިއެރާއަކީ އަދިވެސް ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ.

ލީގުގައި ރޭ ފުލަމް މައްޗަށް މޮޅުވި މެޗުގައި ކާމިޔާބުކުރި ގޯލާއެކު މެންޗެސްޓާ ސިޓީގެ ފޯވާޑު އާލިން ހާލަންޑު އޭނާ ޕްރިމިއާ ލީގުގައި ޖެހި ގޯލުގެ އަދަދު 100 އަށް އަރައިފި އެވެ.

ހާލަންޑް ޕްރިމިއާ ލީގުގައި ކާމިޔާބުރި 100 ވަނަ ގޯލާއެކު އޭނާ ވެފައިވަނީ އެ ލީގުގައި އެންމެ އަވަހަށް އެ އަދަދަށް ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އެއީ 111 މެޗުންނެވެ. މި ރެކޯޑް ކުރިން އޮތީ އެލެން ޝިއެރާ އަތުގަ އެވެ. ޝިއެރާ އަތުގައި ކުރިން މި ރެކޯޑު އޮތީ 124 މެޗުން 100 ގޯލު ހަމަކޮށްގެންނެވެ. ޝިއެރާ އަކީ އަދިވެސް ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

ރޭގެ މެޗުގައި ސިޓީ މޮޅުވެފައިވަނީ 4-5 ގެ ނަތީޖާ އިންނެވެ. މި މެޗުގައި ފުރަތަމަ ގޯލު 17 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހާލަންޑެވެ. ދެވަނަ ގޯލު 37 ވަނަ މިނެޓުގައި ޓިއާނީ ރެއިންޑާސް ކާމިޔާބުކުރިއިރު 44 ވަނަ މިނެޓުގައި ސިޓީގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ ފޮޑެން އެވެ. ފުރަތަމަ ހާފު ނިމެން ކުޑަ އިރުކޮޅަކަށް ވެފައިވަނިކޮށް ފުލަމްގެ ފުރަތަމަ ގޯލު ޖަހައިދިނީ ސްމިތް ރޯވް އެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި 48 ވަނަ މިނެޓުގައި ފޮޑެން ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފަ އެވެ. އަދި ސިޓީގެ ފަހު ވަނަ ގޯލަކީ 54 ވަނަ މިނެޓުގައި ފުލަމްގެ ސަންޑާ ބާގް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެ ފަހުން ފުލަމް ވަނި އިތުރު ތިން ގޯލު ޖަހާފަ އެވެ. މި ގޯލުތައް ކާމިޔާބުކުރީ 57 ވަނަ މިނެޓުގައި އެލެކްސް އިވޯބީ، 72 އަދި 78 ވަނަ މިނެޓުގައި ސެމިއުލް ޗުކްވެޒޭ އެވެ.

މި މޮޅާއެކު ސިޓީ ވަނީ ވަގުތީ ގޮތުން އެއްވަނައިގައި އޮތް އާސެނަލްއާ އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އާސެނަލް އަދި ބްރެންޓްފޯޑް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 00:30 ގައެވެ.

ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޯންމައުތްގެ މައްޗަށް 0-1 ގެ ނަތީޖާއިން އެވަޓަން މޮޅުވިއިރު ޓޮޓެންހަމް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިންނެވެ.

ހާލަންޑްއިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީފުލަމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

24 ދުވަސް ކުރިން - 08:51

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

45 ދުވަސް ކުރިން - 09:54

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

55 ދުވަސް ކުރިން - 22:27

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

62 ދުވަސް ކުރިން - 15:31

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް!

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް!

106 ދުވަސް ކުރިން - 22:26

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

117 ދުވަސް ކުރިން - 23:04