އުފާވެރި ޚަބަރުތަކެއް! އެމްޑަބްލިޔުއެސްސީން ބިލްތަކަށް ޚާއްޞަ ޑިސްކައުންޓެއް! އަދި ޢުމްރާ ދަތުރުތަކެއް ދޭން ނިންމައިފި!

ހުސައިން އިސްމާއިލް | 231 ދުވަސް ކުރިން - 2 މާރިޗް 2025 17:35
މާލޭގައި ރޭ ފެންބޮޑުވުމުން އެމް.ޑަބްލިޔު.އެސްސީން ވެލިބަސްތާތައް ހިފައިގެން ދަނީ: އެ ކުންފުނިން ދަނީ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަ ކުރެވޭ / ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
މާލޭގައި ރޭ ފެންބޮޑުވުމުން އެމް.ޑަބްލިޔު.އެސްސީން ވެލިބަސްތާތައް ހިފައިގެން ދަނީ: އެ ކުންފުނިން ދަނީ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަ ކުރެވޭ / ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
ޚުލާސާ

ޢުމްރާ ދަތުރު ލިބެނޭނީ އެމް.ޑްބަލިޔު.އެސް.ސީގެ އެޕް މެދުވެރިކޮށް މި ރޯދަމަހު ބިލް ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 3 މީހަކަށް. ބިލަށް ޑިސްކައުންޓް އޮތީ އެޕްރީލްމަހު.

މި ރަމަޟާން މަހަށް ޤައުމީ ފެންކުންފުނި، އެމްޑަބްލިޔުއެސްސީން ބިލްތަކަށް ޚާއްޞަ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ތަޢާރަފުކުރެވޭ މި ޑިސްކައުންޓާއެކު، އޭޕްރީލް މަހު ފޮނުވާ ގޭބިސީތަކުގެ ފެނާއި ކަރަންޓު ބިލްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ރޯދަ މަހާއި މިދިޔަ އަހަރުގެ ނުވަ މަހުގެ ބިލުގެ ފަރަގު، ބިލުގެ ދިހަ ޕަސެންޓަށް ވުރެ ކުޑަ ނަމަ، ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ރޯދަ މަހާއި ކުރީގެ ބިލުތަކުގެ އެވަރެޖު ކުޑަ ވިޔަސް 10 ޕަސެންޓު ޑިސްކައުންޓަށް ލިބޭނެ ކަމަށް ޤައުމީ ފެން ކުންފުނިން ބުންޏެވެ.

މި ޑިސްކައުންޓްގެ ފައިދާ ލިބޭނީ ހަމައެކަނި ކުރީއްސުރެ ބިލް ދައްކަމުން އައި ފަރާތްތަކަށް އެކަންޏެއް ނޫނެވެ. އޭޕްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރަޖިސްޓަރީ ކުރެވިފައިވީ ނަމަވެސް މިހާތަނަށް ބިލް ނުކުރެވި ހުރި ކަސްޓަމަރުންނަށް ވެސް މި ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެން ކުންފުނިން ބުނީ މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުމް އެކުންފުނީގެ ހޮޓްލައިން 105 އަށް ގުޅުއްވުމަށެވެ. ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުން ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުމުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީން ރައްޔިތުންނަށްދޭ އަނެއް އުފާވެރި ޚަބަރަކީ އެކުންފުނީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތްތަކަށް ޢުމްރާ ދަތުރެއް ހަމަޖެހިފައިވާ ކަމެވެ.

އެ ކުންފުނިން ބުނީ ޢުމްރާ ދަތުރު ލިބޭނީ މި ރޯދަމަހު އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތްތަކުގެ މެދުގައި ހޮވޭ 3 ބޭފުޅަކަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%