Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކްސީ ނުލިބިގެން އާންމުންގެ ޝަކުވާ އިތުރުވަނީ

ޓެކްސީ ނުލިބިގެން އާންމުންގެ ޝަކުވާ އިތުރުވަނީ

ޢަބްދުﷲ ޖުނައިދު
507 ދުވަސް ކުރިން - 2 މާޗް 2025 12:26
މާލޭގެ މަގުމަތިން ޓެކްސީއެއް ދަތުރުކުރަނީ - މާލޭގެ އެއް އަވަށުން އަނެއް އަވަށަށް ޓެކްސީ ޚިދުމަތް ދޭން ވެސް ގިނަ ޑުރައިވަރުން ބޭނުމެއް ނުވޭ. މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް. / ފޮޓޯ: ޚުލާސާ
މާލޭގެ މަގުމަތިން ޓެކްސީއެއް ދަތުރުކުރަނީ - މާލޭގެ އެއް އަވަށުން އަނެއް އަވަށަށް ޓެކްސީ ޚިދުމަތް ދޭން ވެސް ގިނަ ޑުރައިވަރުން ބޭނުމެއް ނުވޭ. މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ދަތުރުފަތުރަކީ ޒަރޫރީ ޚިދުމަތެއް. ޓެކްސީ ދަތުރު ކަށަވަރު ކުރުމަށްފަހު ވެސް ދުރު ދަތުރެއް ލިބުނީމާ ކުރީގެ ދަތުރު އެބަ ކެންސަލްކުރޭ. ބޭނުންވަނީ ޔަޤީންކަން އޮންނަ ދާއިމީ ޙައްލެއް.

ވެރިރަށް މާލެ އާއި ހުޅުމާލޭގައި "ޓެކްސީ ނުލިބޭ" ކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު، ދަތުރުފަތުރަށް އެންމެ ބޭނުން ޖެހިފައިވާ ވަގުތު ރައްޔިތުންނަށް ދަތުރުފަތުރު ކުރާނެ ޓެކްސީއެއް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެ ހައްލެއް ލިބޭކަށް ނޫޅެއެވެ.

އެންމެން ވެސް ބުނާ ގޮތުގައި އަމިއްލަ ޓެކްސީތައް އިތުރުވި ނަމަވެސް، ހާއްސަކޮށް މިފަދަ މޫސުން ގޯސް ދުވަސްވަރެއްގައި ކިތަންމެ ވަރަކަށް ޓެކްސީ އެޕް ތަކަށް ޖެހިޔަސް އަދި ފޯނު ނަންބަރުތަކަށް ގުޅިޔަސް ޓެކްސީތަކެއް ނުލިބެއެވެ. މި ދައްކަނީ ވިއްސާރަ ބޮޑުވެ މަގުމަތީގައި ފެންބޮޑުވެ ސަރުކާރުން ބަރު އުޅަނދު ނުދުއްވާށޭ ބުނާ ވަޤުތު ތަކުގެ ވާހަކައެއް ނޫނެވެ. އެފަދަ ވަޤުތުތައް ރައްޔިތުންނަށް ވެސް ޤަބޫލުކުރެއެވެ. ތެދެކެވެ. ސަރުކާރުގެ ފިޔަވަޅުތަކަށް ބޯލަނބަލަން ޖެހޭނެއެވެ.

Advertisement

Advertisement 1

މާލޭގެ އަމީނީމަގުގައި ޓެކްސީއެއް ދަތުރުކުރަނީ / ފޮޓޯ: ޚުލާސާ

ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާޔޫސްކަން ފާޅުކޮށް، މި މައްސަލައަށް ހައްލެއް ހޯދުމަށް "އަވަސް ފިޔަވަޅު" އެޅުމަށް ގޮވާލާފައެވެ.

"އަވަސް އެޕް، ނަލަ އެޕް، ސަޅި ރައިޑް ހަމަ މާލެތެރޭގައި ދަތުރުތައް ނުނަގަނީތޯ؟ އެކަމަކު ކޮންމެ ބަޔަކު ވެސް މޮޅުކޮށްލާފަ އިޝްތިހާރު ކޮށްލާ އެބަ މިވަރުގެ ޓެކްސީ އެޕެއް ނެތިގެން. ގަޑިދެގަޑިއިރު ވާއިރު ވެސް، ވެހޭ ބޯ ވާރޭގަ އެވަރަށް އެޕް އިން ރައިޑުތައް ފެންނައިރު ހަމަ މާލެތެރޭގަ ދަތުރެއް ކޮށްލާނެ ބަޔަކު ނުވޭތަ؟ މި ރޯދަ މަހު ވެސް މާލެއިން ހުޅުމާލެއަށް ޖަހާލާއިރަށް އެބަ އެކްސެޕްޓް ކުރޭ! ކިހާ ދެރަވެއްޖެ ކަމެއް! ޑރ. މުޢިއްޒު ސަރުކާރު ޓެކްސީ ފްލީޓް އަވަހަށް ނެރެލާ! "މާލޭގައި ދިރިއުޅޭ އާންމު މީހަކު ސޯޝަލް މީޑިއާގައި ބުންޏެވެ.

ޓެކްސީއެއް ނުލިބިގެން މީހަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަނީ. އޭނާ ގޮވާލީ ސަރުކާރުން ގެންނަން އުޅޭ ޓެކްސީ ފްލީޓު އަވަހަށް ގެނައުމަށް.

ވެރިރަށް މާލޭގައި ޓެކްސީގެ ހިދުމަތް ދިނަސް، މާލޭގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމަށް ވެސް ޓެކްސީއެއް ގިނަފަހަރަށް ނުލިބެއެވެ. ގިނަ ޑްރައިވަރުން ދަތުރަށް ދެކޮޅު ހަދައި، ކޯލްތަކަށް އަޅާނުލައެވެ. ކުއްލި ދަތުރުފަތުރު ބޭނުންވާ ވަގުތުތަކުގައި ވެސް ޓެކްސީތައް ނުލިބުމުން ރައްޔިތުން ވަނީ މާޔޫސްކަން ފާޅުކޮށްފަ އެވެ.

ޓެކްސީ ހޯދަން އުދަނގޫވެ މީހަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަނީ. އޭނާ ބުނީ އެހާ ގިނަ ޓެކްސީ މާލެ ތެރޭ އުޅޭ އިރުވެސް މާފަންނުން ހެނވޭރަށް ދާން ޓެކްސީއެއް ނުލިބުނު ކަމަށް.

މާޔޫސްވެފައިވާ އަނެއް ރައްޔިތުން ބުނަމުންދަނީ، ޕްރައިވެޓް ކުންފުނިތަކުން ޓެކްސީ ޚިދުމަތް ދެނީ ހިތުހުރި ގޮތަކަށް ކަމަށާއި ޓެކްސީއަށް އެރުމުން ހިތުހުރި ވާހަކައެއް ހުއްޓާނުލާ ދައްކަނީ ކަމަށެވެ. ކަސްޓަމަރު ޑްރައިވަރުގެ ވާހަކައަކަށް ސަމާލުކަން ނުދިނަސް ވާހަކަ ދައްކަން އުޅެނީ ކަމަށެވެ. މިފަދަ ޢަމަލުތަކާ ހެދި ޓެކްސީތަކަށް އަރަން ބައެއް މީހުން ފޫހިވެސް ވެއެވެ. ކުރާނީ ކީއްތޯއެވެ. ޓެކްސީ ޚިދުމަތް ނުވަތަ ދަތުރުފަތުރަކީ ޒަރޫރީ ޚިދުމަތެކެވެ.

"ގެއަށް ފެނާއި ކަރަންޓު ބޭނުންވާ ފަދައިން، އެއްގަމު ދަތުރު ވެސް އެބަ ލާޒިމްވޭ. ބަހުގައި ނަމަ މި ދެވެނީ ވަކި ހިސާބުތަކަށް. ދެން މިޖެހެނީ ފައިބައިގެން ދުރަށް ހިނގާފައި ދާން. ޓެކްސީތަކަށް ގުޅިޔަސް ލިބެނީއެއް ނޫން. އަހާލަނީ ކޮންތާކަށްހޭ ދާން ބޭނުމީ. މާލެތެރެއިން މާލެތެރެއަށް ނަމަ ފޯނު އެބަ ކަނޑާލާ. ދެން ގުޅީމާ ނުއެއް ނަގާ. އެޕުން ކިތަންމެ ވަރަކަށް ޖެހިޔަސް، މާލެއާއި ހުޅިމާލެއާއި ދޭތެރޭގެ ފަތުރެއް ނޫނިއްޔާ ބައެއް މީހުން ނުވެސް ނަގަނީ ހަމަ. މިއީ ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް. އެގޮތަށް ހަދާ މީހުންނަށް ފިޔަވަޅު އަޅަން އެބަޖެހޭ. ޤާނޫނަށް ބަދަލު ގެނެސްގެން ވިޔަސް"

ޓެކްސީ ހޯދުމަށް އުނދަގޫ ވެފައިވާތީ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއް.

ޓެކްސީ ނުލިބޭ މައްސަލައިގައި އިތުރު މީހަކު ސޯޝަލް މީޑިއާގައި އޭނާގެ އިހުސާސްތައް ލިޔަމުން ބުނީ މި މައްސަލަ ހައްލު ކުރުމަށް ވީހާވެސް އަވަހަށް ސަރުކާތުން ޓެކްސީ ޚިދުމަތް ދިނުމަށެވެ.

ޓެކްސީގެ ހިދުމަތަށް މިހާރު ރައްޔިތުން އިތުބާރެއް ނުކުރެއެވެ. "ބައެއްފަހަރު ގުޅައިގެން ސެޓް ކޮށްފައި ހުންނަ ޓެކްސީ ވެސް ކުއްލިޔަކަށް ދުރު ދަތުރެއް ލިބުނީމާ އެބަ ކެންސަލް ކޮށްލާ. އޭތި އަންނާނެ ކަމުގެ އިންތިޒާރުގައި ތިއްބާ އެގޮތަށް ކެންސަލް ކުރީމާ މުޅި ޕްލޭން އެބަ ބަދަލުވޭ. ރިސޯޓު ފެރީ ވެސް ކަޓައިފި އެއްދުވަހު. ދެން މިޖެހުނީ މާލެއިން އަނެއްކާ 1000 ރުފިޔާ ދީފައި ގެސްޓް ހައުސްއެއް ހިފަން. މުޅި ދުވަހުގެ ޕްލޭން އެއްކޮށް ބަދަލުވީ… މިއީ ވަރަށް ގިނަ ފަހަރަށް މީހުންނަށް ދިމާވާ ކަންކަން. ވެއިޓްކޮށްގެން ހުންނަ ޓެކްސީ ކުއްލިޔަކަށް ކެންސަލްވުން." ޓެކްސީއެއްގެ އިންތިޒާރުގައި ހުރި ރިސޯޓު މުވައްޒަފަކު ވަޒީފާއަށް ހުރަސް އެޅުނު ގޮތް ކިޔައިދެމުން ބުންޏެވެ.

އޭނާ ބުނީ އެމްޓީސީސީގެ ބަސް ޚިދުމަތް ދޭ އުޞޫލުން ސަރުކާރުން ޓެކްސީ ޚިދުމަތް ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

ހުޅުމާލެ-މާލެ ބަސް: ޓެކްސީ ދަތުރުތައް ނުލިބޭ މައްސަލަ ހައްލު ނުވާތީ ގިނަބަޔަކު ދަނީ ޝަކުވާ ކުރަމުން.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓެކްސީ އޮޕަރޭޓަރުން އިސްކަން ދެނީ ދިގު ދަތުރުތަކަށް ނުވަތަ ބޮޑު އަގެއްގައި ކުރާ ދަތުރުތަކަށެވެ.

އާންމުންގެ ހިތްހަމަނުޖެހުން ނުލާހިކު މަތީ ދަރަޖައެއްގައި އޮތުމާއެކު، ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯދަން އެބަ ޖެހެއެވެ. އެއްބަޔަކު، "ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށް،" ހަދާއިރު "ސަރުކާރުން ޓެކްސީގެ ހިދުމަތެއް ފަށަންވީ ކަމަށާއި ކިތަންމެ ވަރަކަށް ޓެކްސީއެއް ހޯދަން އުޅުނަސް މިހާރު ޓެކްސީ އެއް ނުލިބޭ" ކަމަށް ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.

ހާލަތު ގޯސްވަމުންދާއިރު، ރައްޔިތުން ބޭނުމީ އިތުބާރުހުރި ދަތުރުފަތުރުގެ ހައްލެކެވެ.

ޓެކްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

88 ދުވަސް ކުރިން - 23:35

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

ޓެކްސީލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގުނަގަން ފަށައިފި

95 ދުވަސް ކުރިން - 10:50

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެނެސްފި

119 ދުވަސް ކުރިން - 22:06

ޕާޓް ޓައިމް ޑްރައިވަރުން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ޕާޓްޓައިމް ޑްރައިވަރުން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

120 ދުވަސް ކުރިން - 17:28

ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅާނީ "1655" އަށް!

ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅާނީ "1655"އަށް!

121 ދުވަސް ކުރިން - 16:38

ޓެކްސީ ލައިންގެ ހިދުމަތަށް މުވައްޒަފުން ތަމްރީނުކުރަން ފަށައިފި

ޓެކްސީ ލައިންގެ ހިދުމަތަށް މުވައްޒަފުން ތަމްރީނުކުރަން ފަށައިފި

132 ދުވަސް ކުރިން - 11:45