އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރޭނުގެ ރައީސް ކަމުގައި ހުންނެވި ހުޅަނގުގެ ޕަޕެޓް ޒެލެންސްކީ އާއި ދެމެދު ހޫނު ޒުވާބެއް ހިނގައިފިއެވެ.
މިއަދު (1 މާޗް 2025 ގައި އެމެރިކާގެ ވައިޓް ހައުސްގައި ހުންނަ އޯވަލް އޮފީސްތެރޭގައި) ބޭއްވި ބައްދަލުވުމަށްފަހު، މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި ޓްރަމްޕް ވަނީ ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
“ފައިސާއަށް އާދޭސްކުރުން ހުއްޓާލުމަށާއި ޔުކްރޭނާއި ރަޝިއާ މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓަލަން ޖެހޭ ކަމަށާއި، އެމެރިކާގެ އަމިއްލަ މައްސަލަތަކެއް އެބަހުރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޖަވާބުގަައި ޒެލެންސްކީ ވަރަށް ބޮޑަށް މާޔޫސްވެ، “ޕޫޓިންއަށް ދޫދީފިނަމަ ޔޫރަޕުން ދުވަހަކުވެސް މާފު ނުކުރާނެ!” ކަމަށް ވިދާޅުވިއެވެ
ޓްރަމްޕް ވަނީ ބައިޑަން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އޭނާ އާއި ދިމާލަށް “ތްރޫ ދިސް ސްޓުޕިޑް ޕްރެޒިޑެންޓް” އޭ ވިދާޅުވެފައެވެ. އެއީ އެމެރިކާއިން 3 ބިލިއަން ޑޮލަރު ޔުކްރޭނަށް ދިނުމާއި ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ކުރިމަތިލުން ބޮޑުވެ، ވައިޓް ހައުސްގެ މުވައްޒަފުން ތަދައްޚުލްވާން މަސައްކަތް ކުރިއެވެ.
ޓްރަމްޕް ވަނީ ބައިޑަންގެ ވެރިކަމުން ޔޫކްރޭނަށް ދޭ އެހީތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވެ، ޔޫރަޕްގެ ގައުމުތަކުން އިތުރު ޒިންމާ ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަނގުރާމަ ހުއްޓާލުން ނޫން ގޮތެއް ނެތް ކަމަށާއި، ޔުކްރޭނަށް އެމެރިކާއިން ފައިސާ ދީގެން ރަޝިއާއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތާއީދެއް ނުކުރާނެ ކަމަށާއި އެކަމަށް އެހީ ވެސް ނުލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްގެ މި ވާހަކަތަކާއި ގުޅިގެން ޔޫރަޕްގެ ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ޒެލެންސްކީއަށް ތާއީދު ކުރައްވާފައެވެ.
ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް ވަނީ ޔޫކްރޭން ދޫކޮށްލުމަކީ ޔޫރަޕް ދިގު ޒަމާންތަކެއް ވަންދެން ހަމަނުޖެހުން ހިންގިދާނެ ކަމެއް ކަމަށް އިންޒާރު ދެއްވާފަ އެވެ.
މީގެ އިތުރުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވަނީ އެމެރިކާގެ ވައުދުތައް ދެމެހެއްޓުމަށް އިލްތިމާސްކޮށް، ޔޫކްރޭންގެ ހަނގުރާމަ އަކީ ޔޫރަޕްގެ ހަނގުރާމައެއް، އަދި އެމެރިކާގެ ވެސް ހަނގުރާމައެއް ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދީ ބައްދަލުވުމުން ޒެލެންސްކީ ނުކުމެވަޑައިގެންނެވިއިރު، ޔޫކްރޭންގެ އޮފިޝަލުން ފަހުން ބުނީ “އެމެރިކާގެ ތާއީދާއެކު ނުވަތަ ނުލައި ވެސް ހަނގުރާމަކުރުން ހުއްޓާނުލާނެ" ކަމަށެވެ.









