Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި

އަައިޝަތު ޒީނާ
555 ދުވަސް ކުރިން - 28 ފެބްރުއަރީ 2025 19:14
ހިރިމަރަދޫ އަދި ހަނިމާދޫ ރައްޔިތުންނާ ވަޒީރު އާދަމް ޝަރީފް ބައްދަލުކުރައްވަނީ. / ފޮޓޯ: ވަޒީރު
ހިރިމަރަދޫ އަދި ހަނިމާދޫ ރައްޔިތުންނާ ވަޒީރު އާދަމް ޝަރީފް ބައްދަލުކުރައްވަނީ. / ފޮޓޯ: ވަޒީރު
ޚުލާސާ

ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް، އެ ރަށުގެ އާބާދީ ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު.

ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތާ ގުޅޭ ގޮތުން ހދ. ހިރިމަރަދޫއާއި ހދ. ހަނިމާދޫ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި ހުރިހާ ބައްދަލުވުންތައް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

ވަޒީރު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ތިބީ ކެތް މަދުވެފައި ކަމަށާއި ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ވެސް އެބައޮންނެނި ކަމަށެވެ.

Advertisement

Advertisement 1

ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް، އެ ރަށުގެ އާބާދީ ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީއަކީ 293 އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމެވެ. މި ގޮތުން ކުދި އާބާދީތަކުން މިފަދަ ސަރަޙައްދުތަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ހިރިމަރަދޫ ރައްޔިތުން މީގެ ކުރިން އެދިފައިވަނީ ކ. ތުލުސްދޫއަށް ބަދަލުވުމަށެވެ. ނަމަވެސް މިހާރު ބޭނުންވަނީ ހަނިމާދޫއަށް ބަދަލުވާށެވެ.

ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ވ. ރަކީދޫން ވެސް ވަނީ އެދިފައެވެ.

މިނިސްޓަރ އާދަމް ޝަރީފްރައީސް ޑރ. މުހައްމަދު މުއިއްޒުސިޓީސް މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ގަޑިއިރު ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ގަޑިއިރު ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ގަޑިއިރު ކުރިން - 16:05

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

5 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

5 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

5 ދުވަސް ކުރިން - 11:58