ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
މި ބަދަލާއި ގުޅިގެން މިހާރު މަސްދަޅު ދޫކުރާނީ ރޭގަނޑު 9:30 އިން 11:30 އަށެވެ.
މި މަހުގެ 20 އިން ފެށިގެން މާލޭގައި މަސްދަޅު ދޫކުރަމުން ދިޔައިރު، އޮންލައިން ނިޒާމެއްގެ ތެރެއިން ނަންބަރު ދޫކޮށްގެން މަސްދަޅު ދޫކުރަން ފަށާފައިވަނީ ރޭގަނޑު 8:00 އިން 12:00 އަށެވެ. ނަމަވެސް ރޯދަ މަހާއި ދިމާކޮށް މި ގަޑިތައް ބަދަލުކޮށްފައި ވެއެވެ.
އެސްޓީއޯ އިން ބުނީ މާދަމާ މަސްދަޅު ދޫކުރުން އޮންނާނެ ކަމަށާއި، މި މަހުގެ 29 އިން 30 އަށް މަސްދަޅު ދޫކުރާނީ ރޭގަނޑު 9:30 އިން 11:30 އަށް ކަމަށެވެ. ކުރިން ކަނޑައަޅާފައި އޮތީ މި މަހުގެ 20 އިން މިއަދުގެ ނިޔަލަށް މާލޭގައި މަސްދަޅު ދޫކުރުމަށެވެ. ނަމަވެސް ހުރިހާ ގޭބިސީއަކަށް މަސްދަޅު ދޫކުރެވެންދެން އެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މަސްދަޅު ދޫކުރަނީ 13 ތަނަކުން ނެވެ. އަދި އެކި ތަންތަނުން ޓޯކެން ދޫކުރަން ނިންމާފައި ވަނީ އެކި ވަރަށެވެ.
މަސްދަޅު ކޭސް ދޫކުރާ ތަންތަން؛
1- މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު 10 - 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން









