ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ، މީހުން މަރުވޭ

ހުސައިން އިސްމާއިލް | 168 ދުވަސް ކުރިން - 28 ފެބްރުއަރީ 2025 10:52
2022 ވަނަ އަހަރު އެބޯލާ ވައިރަސް ފެތުރޭ ސަރަޙައްދެއް ޑިސްއިންފެކްޓް ކުރަނީ - ގޮތް ނޭނގޭ ބައްޔެއް އަނެއްކާވެސް ފެތުރެން ފަށައިފި / ފޮޓޯ: އަލްޖަޒީރާ.
2022 ވަނަ އަހަރު އެބޯލާ ވައިރަސް ފެތުރޭ ސަރަޙައްދެއް ޑިސްއިންފެކްޓް ކުރަނީ - ގޮތް ނޭނގޭ ބައްޔެއް އަނެއްކާވެސް ފެތުރެން ފަށައިފި / ފޮޓޯ: އަލްޖަޒީރާ.
ޚުލާސާ

ބަލި ޖެހޭތާ 48 ގަޑިއިރު ތެރޭގައި ގިނަ މީހުން މަރުވޭ. އިންޑިއާ އާއި ކޮންގޯގައި ގިނަބަޔަކު މަރުވެއްޖެ. ޢަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޭރަށް ހިންގުން ވެސް ހިމެނޭ.

ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކްގެ (ޑީއާރްސީ) ހުޅަނގު ސަރަހައްދުގައި ގޮތްނޭނގޭ ބައްޔެއް ޖެހި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކާއި ހަބާލާދީ އަލްޖަޒިރާއިން ބުނެފިއެވެ. މި ބަލި ފެތުރެން ފެށީ މިދިޔަ މަހުގައި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައިވެއެވެ.

މިފަހުން އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގައި ވެސް ގޮތް ނޭނގޭ ބައްޔެއް ފެތުރި ގިނަ ބަޔަކު މަރުވިކަން ފާހަގަ ކުރެވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި މި ބަލި ޖެހޭ މީހުންގެ ކިބައިން "ހެމަރެޖިކް ފީވަރ" ގެ އަލާމާތްތައް ފެންނަ ކަމަށާއި، ބަލި ޖެހޭތާ 48 ގަޑިއިރު ތެރޭގައި ގިނަ މީހުން މަރުވަމުންދާ ކަމަށް ވެއެވެ. ކޮންގޯގައި މިހާތަނަށް 431 މީހުންނަށް މި ބަލި ޖެހި، 53 މީހުން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ހޮޑުލުމާއި، ބޭރަށްހިންގުން ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

6 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%