ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން %10 ޑިސްކައުންޓު ލިބޭނެ: ސްޓެލްކޯ

އައިޝަތު ރުވާ ރިފްޢަތު | 64 ދުވަސް ކުރިން - 26 ފެބްރުއަރީ 2025 13:58
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ). / ފޮޓޯ: ޚުލާސާ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ). / ފޮޓޯ: ޚުލާސާ
ޚުލާސާ

ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށާއި، އިތުރުވާ ޢަދަދަށް އިތުރު ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނި.

މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަމަޟާން މަހަށް ވަމުންދާ ތައްޔާރީތަކާއި ބިލުތަކަށް ޑިސްކައުންޓު ދިނުމުގައި ޢަމަލުކުރާނެގޮތުގެ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އެގޮތުން، ރޯދަމަހަށް ބިލް ތައްޔާރުކުރާނީ ވަކިން ކަމަށާއި، މާދަމާ ރީޑިން ނަގާނެ ކަމަށް ބުނެފައިވެއެވެ. އަދި ރޯދަމަހުގެ އެންމެފަހު ދުވަހު އަނެއްކާވެސް ރީޑިން ނަގައި، މުޅި މަހަށް ވަކި ޚާއްސަ ބިލެއް ތައްޔާރުކުރާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ޑިސްކައުންޓު ދިނުމުގައި ޢަމަލުކުރާނީ މިދިޔަ އަހަރު ޢަމަލުކުރި އުޞޫލާ އެއްގޮތަށް ކަމަށް ބުނެފައިވާއިރު، އެންމެ މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށާއި، އިތުރުވާ ޢަދަދަށް އިތުރު ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ ރަމަޟާން މަހު ވެސް ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%