Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖުޑިޝަރީ އިޞްލާޙް ކުރުން: ބެންޗާއި ގުޅޭ ބިލް ބަލައިގަނެ، ވިޕާއި ޚިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅަން ނިންމައިފި

ޖުޑިޝަރީ އިޞްލާޙް ކުރުން: ބެންޗާއި ގުޅޭ ބިލް ބަލައިގަނެ، ވިޕާއި ޚިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅަން ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ
561 ދުވަސް ކުރިން - 25 ފެބްރުއަރީ 2025 17:45
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް (ވ): ފަލާޙް ވިދާޅުވީ ވިޕާއި ޚިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް (ވ): ފަލާޙް ވިދާޅުވީ ވިޕާއި ޚިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް.
ޚުލާސާ

ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވަނީ ވިޕްލައިނާއި ޚިލާފުވި މެންބަރުންނާއިމެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަންގަވާފަ.

ޖުޑިޝަރީ އިޞްލާޙް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް މަދުކުރުމަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިގަތުމާއެކު، ވިޕްލައިނާއި ޚިލާފުވި ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންނާއި މެދު ފިޔަވަޅު އަޅަން އެ ޕާޓީން ނިންމައިފިއެވެ.

ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާއި އެކުގައެވެ. އެހެންނަމަވެސް ޕީއެންސީއަށް ނިސްބަތްވާ 10 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެ ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފައެވެ. ނަމަވެސް ވޯޓު އޮތް ގަޑީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ތަޅުމަށް ވަޑައިނުގަންނަކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

މިކަމާއި ގުޅިގެން ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވަނީ ވިޕްލައިނާއި ޚިލާފުވި މެންބަރުންނާއިމެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަންގަވާފައެވެ.

ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެންބަރުންގެ ތެރޭގައި ހިމެނެނީ:

- ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު

- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު

- މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު

- އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު

- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު

- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢާޠިފް

- ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙާމިދު

- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން

- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު

- ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ

މި ބިލް ބަލައިގަތުމާއެކު، އެ ބިލް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ޕީއެންސީރައްޔިތުންގެ މަޖިލިސްސުޕްރީމް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

3 ދުވަސް ކުރިން - 08:40

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

9 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ދުވަސް ކުރިން - 08:31

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33