Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިނބުދޫގައި އައު މިސްކިތެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރިނބުދޫގައި އައު މިސްކިތެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަައިޝަތު ޒީނާ
508 ދުވަސް ކުރިން - 25 ފެބްރުއަރީ 2025 16:31
ރައީސުލްޖުމްހޫރިއްޔާ ދ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ދ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ފަޚްރުވެރި މުސްލިމުން ކަމުގައި އަޅުގަނޑުމެން ދިވެހިން ވާ ހިނދު، ރަށްރަށުގައި އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތްތައް އެޅިފައި ހުންނަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް.

މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ރިނބުދޫގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އެޅުމުގެ މަސައްކަތް، އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވާފައި މިވަނީ، ނިލަންދެ އަތޮޅު ދެކުނުބުރީގެ މީހުންގެ ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރިނބުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީންމަތީ ފައިތިލަ ސާބިތުކޮށްގެން ތިބި ފަޚްރުވެރި މުސްލިމުން ކަމުގައި އަޅުގަނޑުމެން ދިވެހިން ވާ ހިނދު، ރަށްރަށުގައި އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތްތައް އެޅިފައި ހުންނަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

Advertisement

Advertisement 1

"މި ރަށުގައި ހުރި މިސްކިތްވެސް މިއީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށް އަޅުގަނޑަށް ކައުންސިލުން ވިދާޅުވި، ކައުންސިލްގެ ރައީސް ވިދާޅުވި. އެހާ ދުވަސް ވީ އިރުގައިވެސް ރަށުގައި މި ހުރީ އިތުރު މިސްކިތެއް ނޭޅި. އަޅުގަނޑުމެން މާތްވެގެންވާ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، ފަޚްރުވެރި މުސްލިމުންނަށް ވާ އިރުގައި، ރަށްރަށުގައި ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތް، އެޅިފައި." ރައީސް ވިދާޅުވިއެވެ.

ދ. ރިނބުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވެސް ވަރަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމުގެ މައްސަލައަށް، ދާއިމީ ރަނގަޅު ޙައްލެއް އައުމަކީ ރަށުގެ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ކަމުން މާތް ﷲގެ އިރާދަފުޅާއެކު، ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި، މިހާރު ކުރިއަށްދާ އިދާރީ-ފަންނީ މަސައްކަތްތައް ފުރިހަމަކުރައްވައި، 6 ކުލާސްރޫމް ހިމެނޭ ގޮތަށް، ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ފަދަ ތަންތަންވެސް ހިމެނޭ ގޮތަށް، ސްކޫލުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެއް އެންމެ ލަސްވެގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދ. ރިނބުދޫގެ ޞިއްޙީ މަރުކަޒުގައިވެސް ޙައްލު ބޭނުންވާ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާ މަޝްރޫޢެއްގެ ގޮތުގައި، އެ މަރުކަޒުގެ ޖާގައާއި، ވަޞީލަތްތަކާއި މުވައްޒަފުން ހަމަކޮށްދެއްވުމުގެ މަޝްރޫޢެއް، މާތް ﷲގެ އިރާދަފުޅާއެކު ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

ދ. ރިނބުދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު، މީގެ އަހަރުތަކެއް ކުރިން އެހެން ރަށަކަށް ހިޖުރަކުރެއްވި ނަމަވެސް ގޯތީގެ މައްސަލައަކީ އަދިވެސް އެ ރަށުގައި ޙައްލު ނުލިބި އޮތް މައްސަލައެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިންވެސް އެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވޭތޯ ބެއްލެވި ކަމަށާ، ނަމަވެސް އެކަން އޮތީ އެފަދައިން ޙައްލު ކުރެވޭ ގޮތަކަށް ނޫން ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ރަށުގެ ކައުންސިލާއެކު މިކަމާ މަޝްވަރާކުރެއްވުމަށްޓަކައި ފަންނީ ޓީމެއް މިއަދުގެ ވަގުތެއްގައި ދ. ރިނބުދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ފަންނީ ޓީމުގެ މަސައްކަތަށް ފަހު، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން، މި ކަމަކީ ރަށުގައި ތިބި ރައްޔިތުންނާއި، އެހެން ރަށަކަށް ބަދަލުވީ ރައްޔިތުންނަށްވެސް ޙައްލު ލިބެންޖެހޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ އެންމެންގެ އެއްބާރުލުން ލިބިގެން ޙައްލު ވާނެ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، މައްސަލަ ޙައްލު ކުރުމުގެ ވިސްނުމުގައި ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މިކަމުގެ ފައިދާ އޮތީ ރައްޔިތުންނަށް ކަމަށާއި، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަކީ ސަރުކާރުން އެދިވަޑައިގަންނަވާ ގޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދ. ރިނބުދޫގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އިތުރު އެކި މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ އުންމީދީ ޚަބަރުތައް ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ނިޒާމުގެ ޚިދުމަތް މި އަހަރު ތެރޭގައި ފެށިގެން ދިއުމާއި، ކުޅިވަރުގެ ރޮނގުން ގެނެވޭ އިތުރު ކުރިއެރުންތަކުގެ ވާހަކަ، އެމަނިކުފާނު ވަނީ ޙިއްސާކުރައްވާފައެވެ.

ދ. ރިނބުދޫއަކީ ރަންރިހީގެ އަތްތެރި މަސައްކަތުގައި އަރާ ތިބި ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މިފަދަ ކަންކަމަކީ ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުމުގެ ޤައުމީ މަސައްކަތުގައި ހިމެނޭ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މިކަން ހިމާޔަތް ކުރެއްވުމަށް ސަރުކާރުން ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގައި، ރަށުގައި ޤާއިމުވެ ތިބެގެން މި ހުނަރު ދަސްކޮށްދެވޭނެ ނިޒާމެއް ދ. ރިނބުދޫގައިވެސް ޤާއިމުކުރެއްވުމަށް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

1 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

2 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

2 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

3 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

4 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

5 ދުވަސް ކުރިން - 22:50