Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީއަށް މެންބަރުން ވައްދަން މެޑަމް ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރާ ފޮޓޯއެއް މަޖިލީހަށް!

އެމްޑީޕީއަށް މެންބަރުން ވައްދަން މެޑަމް ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރާ ފޮޓޯއެއް މަޖިލީހަށް!

އައިޝަތު ރުވާ ރިފްޢަތު
465 ދުވަސް ކުރިން - 25 ފެބްރުއަރީ 2025 11:05
ވަޒާިރު އިހްސާން، މެޑަމް ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރާ ފޮޓޯއެއް މަޖިލީހުގައި ދައްކާލަނީ.
ވަޒާިރު އިހްސާން، މެޑަމް ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރާ ފޮޓޯއެއް މަޖިލީހުގައި ދައްކާލަނީ.
ޚުލާސާ

ރައީސް ޞާލިހުގެ ވެރިކަމުގައި އެމްޑީޕީއަށް 520 މީހުން ވަގަށް ވެއްދި ކަމަށާއި، އެ މައްސަލާގައި އެއްވެސް ވަޒީރަކާ ސުވާލުކޮށްފައި ނުވާ ކަމަށް އިހްސާން ވިދާޅުވި.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ފޮޓޯއެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި, ދާޚިލީ ވަޒީރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ.

މި ފޮޓޯ ހާމަކުރެއްވީ، ވަޒީރު އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދަނިކޮށެވެ. އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި މި މައްސަލައިގައި، އިހްސާންގެ ބެއްލެވުމުގެ ދަށުން ހިންގާ ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުންކޮށްގެން ވަގަށް ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މި ތުހުމަތުތަކަށް ޖަވާބުދާރީވަމުން، އިހްސާން ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި، އެމްޑީޕީއަށް ވަގަށް ވެއްދި މީހުންގެ އަދަދު 520 އަށް އަރާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ނުވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑަށް މި ފޮޓޯއިން ވަރަށް ސާފު މިއީ ކުރީގެ ފަސްޓްލޭޑީ ފަޒުނާކަން. ކުރިމަތީގައި އެ އޮތީ ޑީއެންއާރުގެ ޑާޓާތައް ބަރާބަރަށް ޕްރިންޓް ކޮށްފައި އޮތް ފައިލެއް. އޭރު މިއިން އެއްވެސް މައްސަލައެއްގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ،" ވަޒީރު އިހްސާން ވިދާޅުވިއެވެ.

މީގެއިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، "ވޯޓް ވިޔު" ގެ ނަމުގައި ކުރީ ސަރުކާރުން ސޮފްޓްވެއަރއެއް ހަދައި، ޑީއެންއާރު، އެންސްޕާ އަދި އާސަންދައިގެ ދަށުގައިހުރި މައުލޫމާތު އޭގައި ހިމެނިކަމުގެ ތުހުމަތު ދަ ޑިމޮކްރެޓްސް ޕާޓީން އޭރު ކުރި ކަމަށް ވެސް އިހްސާން ފާހަގަކުރެއްވިއެވެ.

ވަޒީރު އިހްސާން އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ނޭނގި ރައްޔިތުންގެ ޑީއެންއާރުގެ ތެރެއިން ނަގާ މައްސަލަތައް 2014 ވަނަ އަހަރުން ފެށިގެން ފެންމަތިވަމުން ދިޔަ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އީފާސް މެދުވެރިކޮށް ޕާޓީއަށް މެންބަރުން ވެއްދޭގޮތް މިހާރު ހަދާފައިވާ ކަމަށް ވެސް އިހްސާން ހާމަކުރެއްވިއެވެ.

މިނިސްޓަރު އަލީ އިހުސާންރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

20 ގަޑިއިރު ކުރިން - 12:12

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

3 ދުވަސް ކުރިން - 07:07

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

4 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

5 ދުވަސް ކުރިން - 02:25

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

5 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

5 ދުވަސް ކުރިން - 17:03