Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔަމަނުގެ ހޫޘީން އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ޙަމަލާ ދޭން އުޅެފި

ޔަމަނުގެ ހޫޘީން އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ޙަމަލާ ދޭން އުޅެފި

ޖަވާދު
506 ދުވަސް ކުރިން - 24 ފެބްރުއަރީ 2025 13:44
އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް: ހޫޘީންގެ ނުރައްކާ އެމެރިކާގެ ބޯޓުތަކަށް އެބައޮތް.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް: ހޫޘީންގެ ނުރައްކާ އެމެރިކާގެ ބޯޓުތަކަށް އެބައޮތް.
ޚުލާސާ

ޙޫޘީން ފޮނުވައިލި މިސައިލް ޙަމަލާ އެމެރިކާގެ އަސްކަރީ މަތިންފާބޯޓާއި ހަމަޔަށް ވާޞިލް ނުވާ ކަމަށާއި ނަމަވެސް، ހޫޘީންގެ ކިބައިގައި އެ ޤާބިލްކަން އެބަހުރި ކަމަށް އެމެރިކާ އެއްބަސްވޭ.

ޔަމަނުގެ ހޫޘީ ޖަމާޢަތުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް މިސައިލް ޙަމަލާއެއް ފޮނުވާލައިފި ކަމަށް ޚަބަރުތައް ބުނެފިއެވެ. ނަމަވެސް މި މިސައިލް އެ ބޯޓާއި ހަމައަށް ނުދިޔަ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ބުނެފައިވާ ކަމަށް ރޮއިޓަރސް އިން ވަނީ ހާމަކޮށްފައެވެ.

މި ޙަމަލާ ދީފައިވަނީ ރަތް ކަނޑުގައި ނުވަތަ ޔަމަނުގެ ސަރަޙައްދުގައިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. އެހެންނަމަވެސް މިއީ ހޫޘީންގެ ވައިގެ ޙަމަލާތައް އަމާޒުކުރުމުގެ ޤާބިލުކަން އިތުރުވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.

ހޫޘީންގެ ވެރިޔާ ޢަބްދުލް މަލިކް އަލް ހޫޘީ ވަނީ ފެބްރުއަރީ 13 ވަނަ ދުވަހު ދިން ޓީވީ ތަޤުރީރެއްގައި، އެމެރިކާ އާއި އިސްރާއީލުން ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ގަދަބާރުން ބޭލުމަށް މަސައްކަތްކުރާނަމަ، ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް މިސައިލާއި ޑްރޯން މެދުވެރިކޮށް ޙަމަލާދޭނެ ކަމަށް ބުނެފައެވެ.

Advertisement

Advertisement 1

ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ މެދުކަނޑާލާފައި ވަނީ ޙަމާސް އާއި އިސްރާއީލާއި ދެމެދު ޖަނަވަރީ 19 ވަނަ ދުވަހު ވެވުނު އެއްބަސްވުމަކާއި ގުޅިގެންނެވެ. ނަމަވެސް އިސްރާއީލުން ވަނީ މި އެއްބަސްވުމާިއ ތަކުރާރުކޮށް ޚިލާފުވެފައެވެ.

ހޫޘީއެމެރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

1 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

2 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

5 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

5 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

6 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

6 ދުވަސް ކުރިން - 21:05