ރަޝިޔާ އަދި މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަންކުރުމާއި ގުޅޭ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް މިއަދު ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ދެ ޤައުމަށް ސަފީރުން އައްޔަންކުރުމާއި ގުޅޭގޮތުން މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ހުށަހެޅުއްވުމުން، މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ރަޝިޔާގެ ސަފީރު ކަމަށް ރައީސް ހުށަހަޅުއްވާފައިވަނީ މިހާރު ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އަދި މޮރޮކޯގެ ސަފީރުކަމަށް ހުށަހަޅުއްވާފައިވަނީ ސަޢުދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު ސަރީރެވެ.