ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މީކާއީލް އެ މައްސަލަ ހުށަހެޅުއްވީ، ކޯޓުތަކުގައި އެމްޑީޕީގެ ނުފޫޒު ވަރަށް ބޮޑަށް އެބައޮތް ކަމަށް ރައްޔިތުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ވެރިކަމުގައި ވަނީ ފަނނޑިޔާރުންގެ ޤާނޫނަށް ވަރަށް އަވަސް އަރުވާލައި ބަދަލުތައް ގެނެސް، އެމްޑީޕީގެ އެކްޓިވިސްޓުން ކޯޓުތަކަށް ލާފައެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތުން ފަހަށް މަދުކުރުމަށް ހުށަހަޅާ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.









