Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެންސިސްގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް ތައާރަފްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެންސިސްގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް ތައާރަފްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާނާ ފަހީމް
519 ދުވަސް ކުރިން - 21 ފެބްރުއަރީ 2025 21:54
އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން. / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން. / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒް އިން އުފައްދާ ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.

މި ރަސްމިއްޔާތުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ލިން ޔުޗެންޖްއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ހެދި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްއިން އުފައްދާ ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް މިއަންނަ މަހުގެ މެދުތެރޭގައި ޗައިނާގެ ބެއިޖިންއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބެއިޖިންއާއި ކައިރި ސަރަޙައްދުތަކުގައި ވެސް މި އުފެއްދުންތައް ވިއްކުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އެންސިސްގެ އުފެއްދުންތައް ޗައިނާގައި އޮންލައިންކޮށްވެސް ވިއްކުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

ޗައިނާފިޝަރީޒް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މޫސާ

518 ދުވަސް ކުރިން - 20:17

ޗައިނާގެ މާކެޓަށް ދިވެހި ވިޔަފާރިވެރިންނަށް ވެދެވުމަކީ ޤައުމަށް ނުހަނު ފައިދާހުރިކަމަކށް ވާނެއްވެ އެންސިސްގެ އުފެއްދުންތައް އިތުރުވެ ފުޅާވެގެންދާނެއެވެ އުއްމީދުކުތެވެނީ ލަސްނުވެ މިފްކޯއިންވެސް ޗައިނާގެ މާކެޓަށް ވަންނާނެކަމަށެވެ

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

8 ދުވަސް ކުރިން - 16:01

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

14 ދުވަސް ކުރިން - 23:28

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

51 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

58 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

59 ދުވަސް ކުރިން - 11:09