ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގެ އަނދައި ހުލިވެއްޖެ އެވެ. 

ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި އަލިފާން ރޯވީ ރޭ ފަތިހު 5:00 ހާއިރު ކަމަށާއި ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ނުވާއިރު، ދިރިނޫޅެވޭ ވަރަށް ގެ އަނދާފައިވާ ކަމަށާއި، ނަމަވެސް އެ ގޭގައި އެވަގުތު ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް މުޙައްމަދު ރަޝީދު ސޯޝަލް މީޑިއާގައި ބުނުއްވިއެވެ.

ސިފައިން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 05:11 ހާއިރު ކަމަށާއި އަލިފާން ނިއްވާލެވުނީ ހެނދުނު 8:05 ހާއިރު ކަމަށެވެ.