Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެންޑީއޭގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފި

އެންޑީއޭގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
517 ދުވަސް ކުރިން - 19 ފެބްރުއަރީ 2025 11:13
އެންޑީއޭގެ ބައްދަލުވުމުގެތެރެއިން.
އެންޑީއޭގެ ބައްދަލުވުމުގެތެރެއިން.
ޚުލާސާ

ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއެޅުމާއި އެކަން ތަންފީޒުކުރުމަށް މުރާޖަޢާ ކޮމިޓީއަށް އަންގާފައިވާކަމަށް އެންޑީއޭއިން ހާމަކުރި.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށްޓަކައި، ކަމާގުޅޭ އިޖުރާއަތުތައް ހަލުވިކުރުމަށް ކުރެވިދާނެ މަސައްކަތައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވުނު އެންޑީއޭގެ ބޯޑުގެ 28ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށްފިއެވެ.

އެންޑީއޭއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން މަސްތުވާތަކެތީގެ ދާއިރާގައި މަސައްކަތްކުރަމުންދާ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، މުރާޖަޢާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުޙަލާ އަވަސްކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވެއެވެ. އަދި ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއެޅުމާއި އެކަން ތަންފީޒުކުރުމަށް މުރާޖަޢާ ކޮމިޓީއަށް އަންގާފައިވާކަމަށް އެންޑީއޭއިން ހާމަކުރިއެވެ.

Advertisement

Advertisement 1

އެންޑީއޭއިން ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިހާރު ހިނގަމުންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، އެންޑީއޭ އާއި ފުލުހުން ގުޅިގެން މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ އަމާޒުކުރަނީ މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި، މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުންނަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދީގެން ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެންޑީއޭ މުވައްޒަފަކު ހައްޔަރުކޮށްފި

އެންޑީއޭއަށް ފަރުވާއަށް ދިއުމުން ޑްރަގުދޭ މައްސަލައެއް

243 ދުވަސް ކުރިން - 15:12

ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

305 ދުވަސް ކުރިން - 08:18

178 މީހުން މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ރިމާންޑް ސެންޓަރުތަކުގައި ފަރުވާ ދޭން ފަށައިފި

178 މީހުންނަށް ރިމާންޑް ސެންޓަރުތަކުގައި ފަރުވާ ފަށައިފި

408 ދުވަސް ކުރިން - 15:19

ލ. ގަމުގައި އަޅާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ގަމުގައި އަޅާ ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި

420 ދުވަސް ކުރިން - 10:10

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީ ދެނީ

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީދެނީ

426 ދުވަސް ކުރިން - 21:57

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

427 ދުވަސް ކުރިން - 14:27