އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވައިފި

އަައިޝަތު ޒީނާ | 244 ދުވަސް ކުރިން - 18 ފެބްރުއަރީ 2025 19:08
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ޢަބްދުﷲ ނާޝިދު. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ޢަބްދުﷲ ނާޝިދު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް، ރ.އަލިފުށި، ފަސާނާ އަލްފާޟިލް ޢަބްދުﷲ ނާޝިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ޢަބްދުﷲ ނާޝިދު އޭސީސީގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ މި އަހަރުގެ ޖަނަވަރީމަހުގައެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%