ޙައްވާ ޢަލައިހައްސަލާމްގެ މަޤްބަރާ ދޮށަށް ދިޔުމުގެ ފުރުޞަތު ޠައިބާ އިން ހުޅުވާލައިފި

ހުސައިން އިސްމާއިލް | 285 ދުވަސް ކުރިން - 18 ފެބްރުއަރީ 2025 09:52
މަދީނާ ހޮޓެލްގައި ޠައިބާ ގުރޫޕުގެ ޢުމަރާވެރިން / ފޮޓޯ: ޠައިބާ
މަދީނާ ހޮޓެލްގައި ޠައިބާ ގުރޫޕުގެ ޢުމަރާވެރިން / ފޮޓޯ: ޠައިބާ
ޚުލާސާ

ޢުމްރާވެރީންނަށް ދަރުސްތައް ދެއްވާނީ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު (ޝޭހު ފަރީދު)

ޠައިބާ ގުރޫޕުން އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ޙައްވާ ޢަލައިހައްސަލާމްގެ ޤަބުރުފުޅު އެތަނެއްގައިވާ ކަމަށް ބުނާ ޤަބުރުސްތާނު ދޮށަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޠައިބާ ޙައްޖު ޢުމްރާ ގްރޫޕުން މި އަހަރު 5 ޢުމްރާއެއް އެބައޮތެވެ. ދެން އޮތީ ރަމަޟާން މަހުގެ އުމްރާ އާއި ޖުލައި، ސެޕްޓެމްބަރ އަދި ޑިސެންބަރު ޢުމްރާއެވެ. މި ހުރިހާ ޢުމްރާއަށްދާ މީހުން ވެސް ތިބެނީ އަލް މަސްޖިދުލް ޙަރާމަށް ފައިމަގުގައި 8 މިނެޓުން ދެވޭހާ ކައިރީގައި ކަމަށް ވާއިރު، މި ދަތުރުތަކުގައި ގިނަ ޢަދަދެއްގެ ދީނީ ދަރުސް ދެއްވާނެއެވެ. މި ދަރުސްތައް ދެއްވާނީ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު (ޝޭހު ފަރީދު) އެވެ.

މީގެ އިތުރުން އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ޢާއިލާތަކުން އެދިގެން ޢުމްރާތަކަށް ގެންގޮސްދޭއިރު، ހުރިހާ އުމްރާ ދަތުރުތަކުގައި މައްކާ އާއި މަދީނާގެ މުހިންމު ދީނީ އާޘާރީ ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަނާއި ގުޅުންހުރި ދަރުސްތައް ދޭނެ ކަމަށް ޠޮއިބާ އިން ބުންޏެވެ. އަދި ޠާއިފަށް ޒިޔާރަތްކޮށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރެއްވި މިސްކިތްތަކަށް ޒިޔާރަތްކޮށް ނަމާދުކުރުމުގެ ފުރުޞަތު ވެސް ލިބޭއިރު ޠާއިފްގައި ރަސޫލާ ޒަޚަމްވެވަޑައިގެންފައިވާ ހާލުގައި މަޑުކޮށްލެއްވި ބަގީޗާއަށް ވެސް ޒިޔާރަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

https://www.facebook.com/Thaibah9192991

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%